ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް

ލުބުނާނުގެ ދެކުނު މިރޭ:
STO_Ads
TTH_Ads
Advertisement

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެއެވެ.

ހަމަލާތައް ވަރުގަދަވެގެން ދިޔައީ، ލުބުނާނަށް ހަމަލާދިނުން ހުއްޓާލަން އީރާން-އެމެރިކާ އެމްއޯޔޫގައި  ކަނޑައަޅާފައި ވީނަމަވެސް، އެކަމާ ދެކޮޅު ހަދައި އިސްތިއުމާރީ ސިފައިން ލުބުނާނުގެ ބިމުގެ އިތުރު ސަރަހައްދުތަކެއް ހިފުމަށް ކުރިއަށް ޖެހޭން ފެށުމުންނެވެ.

އިސްތިއުމާރީ ސިފައިން ތިން ދިމާއަކުން ވަދެގަންނަން މަސައްކަތް ކުރަމުންދަނީ ލުބުނާނުގެ ދެކުނުގެ އަވަށްތައް ކަމަށްވާ ކްފަރް ތިބްނީތާއި، އަލީ އައްތާހިރު އުސްބިންތަކަށެވެ.

HajjCop_ads
MMA_Ads
Advertisement

ނަމަވެސް، ހިޒްބުﷲ މުޖާހިދުންވަނީ ދުޝްމަނުން އެއްވެފައި ތިބި ދެ ތަނަކަށާއި، އެމީހުންގެ ވެހިކަލްތަކާއި ހަތިޔާރުތަކަށް ވާރަށް ގާތުން ވަރުގަދަ ހަމަލާތަކެއްދީފައެވެ.

ހިޒްބުﷲއިން ހަމަލާތައް ދީފައިވަނީ ގައިޑެޑް މިސައިލާއި ޑްރޯން އަދި ރޮކެޓް ބޭނުންކޮށްގެން ކަމަށް، ޚަބަރުތައް  ބުނެއެވެ. އަދި ހިޒްބުﷲއިން ވަރުގަދަ ހަމަލާތައް ދެމުންގެންދާ މަންޒަރާއި، ބާރުގަދަ ގޮވުންތައް ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ދައުރުވަމުން އެބަދެއެވެ.

އިސްތިއުމާރީ ސިފައިން ބޭނުންކުރި އެތައް މަރްކަވާ ޓޭންކްވެސް ހިޒްބުﷲއިންވަނީ ހަމަލާދީ ގޮއްވާލާފައެވެ.

ހިޒްބުﷲގެ ހަމަލާތަކުގައި ދުޝްމަނުންގެ އެތައް ސިފައިންނަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށާއި، މަރުވި އަދި ޒަޚަމްވި މީހުން އުފުލަން އިސްތިއުމާރީ ސިފައިންގެ ހެލިކޮޕްޓަރުތައް އެ ސަރަހައްދަށް ދިއުމުންވެސް ހިޒްބުﷲއިންވަނީ އެމީހުންނަށްވެސް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފައެވެ.

ޒަޔަނިސްޓު މީޑިއާއިން ބުނެފައިވަނީ، އެ ސަރަހައްދުގެ ހާލަތު “ވަރަށްގޯސް”‘ ކަމަށެވެ.

އަނެއްކޮޅުން، ތިބްނީތާއި، އަލީ އައްތާހިރު އުސްބިންތައް ހިފިއްޖެކަމަށް އިސްތިއުމާރީ ސިފައިން ފަތުރަމުންގެންދާ ވާހަކަތައް، ލުބުނާނުން ގެންދަނީ ދޮގުކުރަމުންނެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެމްއޯޔޫގައި ސޮއިކުރިއިރު، އެމްއޯޔޫގެ ފުރަތަމަ ނުކުތާގައި ހިމެނެނީ ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށެވެ. ނަމަވެސް، މުޖުރިމު ނަތަންޔާހޫއާއި އިސްތިއުމާރީ ދައުލަތުން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ގޮންޖަހައި، ނަތަންޔާހޫ އޭނާގެ ޓެރަރިސްޓު ސިފައިންނަށް އަމުރުކުރަމުން ގެންދަނީ ލުބުނާނުގެ އިތުރު ބިންތައް ހިފުމަށެވެ. ނުވިތާކަށް، ލުބުނާނުގެ ދެކުނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައްވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

ހިޒްބުﷲއިން މިހާރު ގެންދަނީ، ދުޝްމަނުންނަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި