ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާނީ އެއްވެސް ނުފޫޒެއް ނެތިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

463029 725cd6d7 f
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ނުފޫޒުން އެއްކިބާވެ، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްދާނެ މަސައްކަތްތަކެއްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އިންސާފުވެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. ޕީއެސްއެމް ނިއުސްގެ ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުގައި މިފަދަ ބޮޑެތި މަޝްރޫޢުތަކަށް ނުފޫޒު ފޯރުވުމުގެ ޝަކުވާތައް އޮތް ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އެފަދަ ކަންކަމަށް ފުރުސަތު ނުދީ މަސައްކަތް ނިންމުންކަމަށެވެ. ގޯއްޗާއި ފްލެޓް ދޫކުރުމުގައި ވަކި ބަޔަކަށް އިސްކަންދިނުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަކީ އެމަނިކުފާނު އިސްކަންދެއްވާ މުހިއްމު ކަމެއްކަން ރައީސް ތަކުރާރުކުރެއްވިއެވެ.

ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ މައުލޫމާތުތައް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކްރޮސް ވެރިފިކޭޝަން މަރުހަލާގެ ތެރެއިން ވަރަށް ރަނގަޅަށް ބަލަމުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެއްވެސް އާއިލާއަކަށް ނުވަތަ ވަކި ފަރުދަކަށް ނާޖާއިޒު ފައިދާއެއް ނުލިބޭނެކަން ކަށަވަރުކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި މަރުހަލާގައި އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވުމުގެ ޖާގައެއް ނޯންނާނެއެވެ. ބޯހިޔާވަހިކަމަކީ ރައްޔިތުންގެ ޒަރޫރީ ބޭނުމަކަށްވާއިރު، އެކަމުގައި ހިންގާ ހުރިހާ މުއާމަލާތެއްވެސް ވާންވާނީ އެންމެ އިންސާފުވެރިކޮށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ހޯދުމަށް 35،900 އަށްވުރެ ގިނަ އަދި ގޯތި ހޯދުމަށް 22،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައެޅިފައެވެ. ކުރީގެ މަޝްރޫޢުތަކާ ޚިލާފަށް، މި ސަރުކާރުން ވަނީ މި މަސައްކަތްތައް ދުރާލާ ހުޅުވާލައި، ދެފުށް ފެންނަ ގޮތަކަށް ކުރިއަށްގެންދިއުމަށް ރާވާފައެވެ. މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަންތަން ނިމި، ރައްޔިތުންނަށް އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ. ކުރިން ދައުރު ނިމެން ކައިރިވެފައި އޮއްވައި ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ސަބަބުން ކުރިމަތިވި ތަކުލީފުތައް މިފަހަރު ތަކުރާރު ނުވާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް