ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްކުޔުއޭގެ ތުހުމަތުތައް އެވިޑް ކޮލެޖުން ދޮގުކޮށްފި

988
TTH_Ads
STO_Ads
Advertisement

ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކުރި ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީ (އެމްކިއުއޭ)އިން އެވިޑް ކޮލެޖް ޖޫރިމަނާކުރި މައްސަލަ އެ ކޮލެޖުން ދޮގުކޮށްފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީން އެވިޑް ކޮލެޖަށް ފިޔަވަޅު އެޅިއިރު، އެ ކޮލެޖާ އެއްވެސް މިންވަރަކަށް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން އެމްކިއުއޭއިން އެ ކޮލެޖުގެ ފަރާތުން އެއްވެސް މައުލޫމާތެއް ހޯދާފައި ނުވާކަމަށާއި، ކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާކަމަށް އެ ކޮލެޖުން ފާހަގަކުރެއެވެ. އެ ކޮލެޖުން ހާމަކުރާ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ގެ ފަހުން ބައިނަލްއަގްވާމީ ތައުލީމީ މުއައްސަސާއެއް މެދުވެރިކޮށް އެ ކޮލެޖުން އެއްވެސް ކޯހެއް ހިންގާފައެއް ނުވާނެއެވެ.

އެވިޑް ކޮލެޖުން ދެކޭ ގޮތުގައި، މި ފިޔަވަޅަކީ އެއްވެސް އިޚްލާސްތެރިކަމެއް ނެތި، ރައްޔިތުންގެ ހިތްތަކުގައި އެ ކޮލެޖާ މެދު އޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލުމަށް އެމްކިއުއޭއިން ހިންގި އަމަލެކެވެ. މިއީ އެ ކޮލެޖުގެ ރީތި ނަން ކިލަނބުކޮށްލުމަށް ކުރި މަސައްކަތެއް ކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި ފާއިތުވެ ދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ ފެންވަރުގެ އެތައް ތައުލީމީ މުއައްސަސާތަކަކާ ގުޅިގެން އިލްމީ ގުޅުންތައް ދަމަހައްޓަމުން އަންނަ ކަމަށް އެ ކޮލެޖުން ބުނެއެވެ.

HajjCop_ads
MMA_Ads
Advertisement

މި މައްސަލައާ ގުޅިގެން މީގެ ކުރިން މިއަހަރުގެ ކުރީކޮޅު ސްރީލަންކާގެ ދަރިވަރުންތަކަކަށް ރަޖިސްޓްރީ ނުކޮށް ސަނަދު ދޫކުރި މައްސަލައެއް ފެންމަތިވިއެވެ. އެ ފަހަރު އެމްކިއުއޭއިން ވަނީ އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި އެކަން އާންމުކޮށް އިއުލާނުކޮށްފައެވެ. ނަމަވެސް މިހާރު މި ހިނގި ކަންތައްތަކާ ގުޅިގެން އެމްކިއުއޭއިން ބުނެފައި ވަނީ، އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެ ކޮލެޖަށް އަންގާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު