ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

Zareer
TTH_Ads
STO_Ads
Advertisement

ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ހަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅީއެވެ.

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރި އެވެ. އެ ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ޒަރީރުގެ ކިބައިގައި ފުރިހަމަވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގެ އިއްތިފާގުން އޭނާއަށް ރުހުން ދިނުމަށް ވަނީ ފާސްކޮށްފަ އެވެ.

MMA_Ads
HajjCop_ads
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުން، 49 މެންބަރުންގެ އިއްތިފާގުން ޒަރީރަށް ރުހުން ދޭން ފާސްވި އެވެ. ނަމަވެސް މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިނުގެންނެވި އެވެ. ބަހުސް ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ ބައެއް މެންބަރުން ތަޅުމުން ނެރުނުއިރު، އަނެއް ބައި މެންބަރުން ވަނީ އަމިއްލައަށް ތަޅުމުން ނިކުމެވަޑައިގެންފައެވެ.

މި މައްސަލައަށް ކުރި ބަހުސްގައި އިދިކޮޅު މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރަމުން ދާތީ ރުހުން ދެވެން ނެތް ކަމަށެވެ. މީގެ ރައްދުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ޒަރީރަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އުސޫލުގެ ތެރެއިން ދޭންޖެހޭ އިނާޔަތްތަކާ އެކު ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462046 6ccdcaab a

މާލީ ވަޒީރު ޒަރީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

Zareer

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

462046 6ccdcaab a

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު އައްޔަންކުރައްވައިފި