ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

43
TTH_Ads
STO_Ads
Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ނަންފުޅު، ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. ކޮމިޓީން އެ ނަންފުޅު ދިރާސާކުރުމަށްފަހު، ޝަކީލް އައްޔަންކުރުމަށް ފެންނަ ކަމަށް ނިންމައި މަޖިލިސް ތަޅުމަށް ރިޕޯޓު ހުށަހެޅީ އިއްޔެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝަކީލް އައްޔަންކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ބައިވެރިވި 60 މެންބަރުންގެ ތެރެއިން 51 މެންބަރުންނެވެ. އޭނާ އައްޔަންކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 7 މެންބަރުންނެވެ. ޝަކީލަކީ މީގެ ކުރިންވެސް އީސީގައި މަސައްކަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

MMA_Ads
HajjCop_ads
Advertisement

މުހައްމަދު ޝަކީލް ވަނީ މީގެ ކުރިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ އިތުރުން، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި، މެންބަރުން ކަމުގައިވާ ހަސަން ޒަކަރިއްޔާ، އަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ. ޝަކީލް އައްޔަންކުރެއްވި ނަމަވެސް، މިވަގުތު އެ ކޮމިޝަންގެ ރައީސްގެ މަގާމު ވަނީ ހުސްކޮށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ކޯޓުގެ އަމުރަށް ގޮންޖަހައި ރައީސްގެ އަބުރުފުޅަށް އަރައިގަތުމަކީ ޑިމޮކްރަސީއެއް ނޫން: ޝަކީލް

shakeel

ޙައްޖުވެރިން ތިބޭ ހޮޓަލަށް މިއަހަރު ބޮޑެތި ބަދަލުތަކާއި އެކު ޚިދުމަތްތައް އިތުރަށް ފުރިހަމަވާނެ: ޝަކީލް

shakeel

ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީން ލަދުގަންނަންޖެހޭ: ޝަކީލް

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް