ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖުވެރިން ތިބޭ ހޮޓަލަށް މިއަހަރު ބޮޑެތި ބަދަލުތަކާއި އެކު ޚިދުމަތްތައް އިތުރަށް ފުރިހަމަވާނެ: ޝަކީލް

shakeel
TTH_Ads
STO_Ads
Advertisement

ކުރީގެ ތަޖުރިބާތަކަށް ބެލުމަށްފަހު މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލަށް މިއަހަރު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ޙައްޖުވެރިން ތިބޭ ހޮޓަލުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް، ހޮޓަލުގެ ވެރިފަރާތާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްފައިވާކަމަށެވެ. އެގޮތުން ހޮޓަލުގެ އިމާރާތުގެ ބައެއް މަރާމާތުތަކާއި އަދި ބައެއް ފަރުނީޗަރުވެސް އައުކޮށް، ބަދަލުކޮށްފައިވާކަމަށެވެ. އަދި ހޮޓަލުގެ ބައެއް އޭރިއާތަކުގައި ކާޕެޓާއި މުށިވެސް ބަދަލުކޮށްފައިވާކަމަށެވެ.

މީގެއިތުރުން ދީނީ ޕްރޮގްރާމްތަކުގެ ތެރެއިން ދަރުސް ދިނުމުގެ އިންތިޒާމްތައް މިހާރު އޮންނަގޮތާއި ގުޅޭގޮތުން ލިބުނު ޝަކުވާތަކަށް ބަލައި ދީނީ ޕްރެޒެންޓޭޝަންތައް ދޭއިރު ދަރުސްދޭ 2 ހޯލަށްވެސް ފެންނަގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

HajjCop_ads
Advertisement

ޝަކީލް ވިދާޅުވީ މިނޫނަސް ޙައްޖުވެރިންގެ ލުއިފަސޭހައަށް އިތުރު ބަދަލުތައް ގެނެސްފައިވާކަމަށެވެ.

“މިފަހަރު އިތުރު ދޮންނަ މެޝިންތައް ވަނީ އިތުކޮށްފައި. އަދި ބަގީގެ ޚިދުމަތް ފުޅާކޮށް، މިހާރު 6 ބަގީ ބޭނުންކުރާނެ ޙަރަމާއި ހޮޓަލާ ދެމެދު ޙާޖީން ދަތުރުކުރުމަށް.” ޝަކީލް

މިފަހަރު މިނާގެ އިންތިޒާމްތައްވެސް ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ. އެގޮތުން މިނާގައި ދިވެހިން ތިބޭ ސަރަޙައްދުގެ ފާޚާނާތަކުގެ އަދަދުވަނީ 4 ގުނަ އިތުރުކޮށްފައެވެ. އަދި ދިވެހިން ތިބޭ ޓެންޓު ސަރަހައްދު ބޭނުންކުރާނީވެސް ދިވެހިން އެކަންޏެވެ.

ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ޙައްޖުވެރިން މައްކާއަށް ދާން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

shakeel

ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީން ލަދުގަންނަންޖެހޭ: ޝަކީލް

Shaheem

ޙައްޖާ ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލަނީ

umra

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ގްރޫޕްގެ ފަހު ފްލައިޓު ރާއްޖެއަށް

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް