ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލު ޢައްޔަންކުރައްވައިފި

462962 cf4531f4 6
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް މުޙައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. މުޙައްމަދު ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން މުޙައްމަދު ޝަކީލާ ޙަވާލުކުރައްވާފައެވެ.

މުޙައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އުފައްދާފައިވާ މިނިވަން މުއައްސަސާއަކަށް އޭނާ ޢައްޔަންކުރެއްވުމުގެ ގޮތުންނެވެ. މި މަޤާމަށް އޭނާ ޢައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ އިޚްތިޔާރުގެ ދަށުންނެވެ.

HajjCop_ads
Advertisement

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

އަހަރީ ރިޕޯޓް ހުށަނާޅާ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

Shakeel elections

އީސީގެ ރައީސަކަށް ޝަކީލް އައްޔަން މަޖިލީހަށް ފޮނުއްވައިފި

43

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި