ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

462962 cf4531f4 6
STO_Ads
TTH_Ads
Advertisement

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު މުޙައްމަދު ޝަކީލު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މުޙައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމަށް ފާސްކުރީ އިތުރު އިންޓަވިއުއަކާ ނުލައެވެ. އެއީ އޭނާ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށްޓަކައި ނިމުނު ހަފުތާގައި އިންޓަވިއުކޮށް، ތައުލީމާއި ތަޖުރިބާ ވަޒަންކޮށްފައިވާތީއެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އޭނާ އެ މަގާމަށް އައްޔަންކުރުމަށް ރުހުންދީފައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އޭގެ ފަހުން ކޮމިޝަނުގެ ރައީސްކަމަށް އޭނާ އައްޔަންކުރުމާމެދު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

HajjCop_ads
Advertisement

މުޙައްމަދު ޝަކީލަކީ ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓާ ޖެނެރަލްކަމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްކަން ކުރައްވާފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ މޭ މަހާ ހަމައަށް އެ ކޮމިޝަނުގެ މެންބަރުކަންވެސް ކުރެއްވިއެވެ. ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shakeel elections

އީސީގެ ރައީސަކަށް ޝަކީލް އައްޔަން މަޖިލީހަށް ފޮނުއްވައިފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލު ޢައްޔަންކުރައްވައިފި

43

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

Shakeel elections

ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ ފުރުސަތު ހޯދައިދޭނަން: ޝަކީލް