ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޯޓުގެ އަމުރަށް ގޮންޖަހައި ރައީސްގެ އަބުރުފުޅަށް އަރައިގަތުމަކީ ޑިމޮކްރަސީއެއް ނޫން: ޝަކީލް

43
TTH_Ads
STO_Ads
Advertisement

ކޯޓުގެ އަމުރަށް ގޮންޖަހައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އަރައިގަތުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ތިމާމެންނަކީ ނޫސްވެރިންކަމަށް ބުނެ ނޫސްވެރިކަމުގެ ފާހުގެ ނިވަލުގައި ދައުލަތުގެ އެންމެ މަތީ އެއް އިދާރާގެ ތެރެއަށްވަންނަން ފުރުސަތު ހޯދައިގެން ސިޔާސީ އެކްޓިވިސްޓުން އުޅޭ ގޮތަށް އުޅޭ ބަޔަކު މިއަދު ޝަރުއީ ކޯޓުތަކުގެ އަމުރަށް ގޮން ޖަހައި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރުމަތް ކެނޑުމަކީ ޑީމޮކްރެސީއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީންނާއި އިސްލާމީ ޝަރީއާއިންވެސް އެއްވެސް ބަޔަކަށް ލިބިދީފައިވާ ހައްގުތަކެއް ނޫން ކަމަށެވެ. މި ގައުމުގެ ވީދިފައިވާ އިޖުތިމާއީ ފޭރާން އިއާދަކުރުމަށް މިފަދަ މީހުންނާ ދެކޮޅަށް ދައުވާ ކުރެވި ހައްގު އަދަބު ދެވެން ޖެހޭ ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.

HajjCop_ads
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިއަކު ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ގޮންޖަހައި ރައީސް މުއިއްޒާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައެވެ. އެހެންވެ، ކޯޓުގެ އަމުރާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއަކަށްވާތީ ރައީސް މުއިއްޒު ވަނީ އެ ނޫސްވެރިޔާ ރައީސް އޮފީހުން ނުކުންނަވަން އަންގަވާފަ އެވެ.

ރައީސް މުއިއްޒަށް ގަޒުފްކުރި ކަމުގެ ދައުވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލު ޢައްޔަންކުރައްވައިފި

43

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

shakeel

ޙައްޖުވެރިން ތިބޭ ހޮޓަލަށް މިއަހަރު ބޮޑެތި ބަދަލުތަކާއި އެކު ޚިދުމަތްތައް އިތުރަށް ފުރިހަމަވާނެ: ޝަކީލް