ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މ. އަތޮޅުގެ ހަތް ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފި

Igmh
TTH_Ads
STO_Ads
Advertisement

މ. އަތޮޅުގެ ހަތް ރަށެއްގައި ފެނަކައިން ދެމުން އައި ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފިއެވެ.

މި ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެ ކުންފުނީގެ އިސްވެރިންގެ ހާޒިރުގައެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިންނެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މ. އަތޮޅުގެ 7 ރަށެކެވެ. އޭގެ ތެރޭގައި ދިއްގަރާއި، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށު ހިމެނެއެވެ. މީގެ ކުރިން މި ހުރިހާ ރަށެއްގެ ކަރަންޓާއި ޔުޓިލިޓީގެ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދެމުން އައީ ފެނަކައިންނެވެ.

HajjCop_ads
Advertisement

މި ބަދަލަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްގީ ކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ބަދަލާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ހިދުމަތްތައް އަވަސްވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޔުޓިލިޓީ ހިދުމަތްތަކާ ގުޅޭގޮތުން ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމުގެ މަސައްކަތްތައް ވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!

Io

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރި ދައުލަތުގެ ދެވަނަ ކުންފުންޏަކަށް ސްޓެލްކޯ!

Igmh

ތުލުސްދޫ ކަނބަލުންނަށް ކަރަންޓަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި

37 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ޚިދުމަތް ކޮށްދެއްވެވި މުޙައްމަދު ރިޓަޔަރ ކުރައްވައިފި