ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ބޮޑު އުންމީދެއް: ޒަރީރު

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި އެ މުއައްސަސާގެ އޮފިސަރުންނަށް އަމާޒުކޮށްގެން ޑިގްރީ ފެންވަރުގެ ކޯސްތައް މުސްތަޤުބަލުގައި ހިންގުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިކަން ހާމަކުރެއްވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ކުރިއަށްގެންދިޔަ އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓުފިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެ މުއައްސަސާގެ ފަރާތުން ފޯރުކޮށްދޭ ތަޢުލީމީ ފުރުޞަތުތައް އިތުރަށް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީގެ ކަންކަން ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތްތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ވަރަށް ބުރަކޮށް އަދި ހީވާގިކަމާއެކު އަމަލީގޮތުން ބައިވެރިވެ، މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

ސެޓުފިކެޓު ހާސިލުކުރި ޤައިދީންނާ މުޚާތަބުކުރައްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ޖަލަށް ލެވުމަކީ މީހާގެ މުޅި އުމުރު ބޭކާރުވެގެން ދިޔުން ނޫންކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި، ސާބިތުކަމާއި ހިތްވަރާއެކު ޤައިދީން އަމިއްލައަށް އިސްނަގައިގެން ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފުސަށް އިތުބާރުކުރުން އިތުރުކޮށް، މުޖުތަމަޢަށް ނުކުމެ ފައިދާހުރި ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރާތީ އެކަމާ ނުހަނު އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒްގެ މެނޭޖުމަންޓަށާއި އޮފިސަރުން އަދި މުދައްރިބުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާންގެ ފަރާތްޕުޅުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކުރިއެރުމަށާއި ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ތަޢުރީފުކުރައްވައި، މުއައްސަސާގެ މަޤުޞަދުތައް ހާސިލުކުރުމުގައި އެ މަނިކުފާނުގެ ދައުރު ފާހަގަކުރެއްވިއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު