ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް މެމްބަރު ހުސައިން ޝަރީފް އައްޔަންކުރައްވައިފި

Igmh
STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް އައްޔަންކުރައްވައިފިއެވެ.

ގެދޮރުވެރިކަމުގެ ކޮމިޓީގެ 2026 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު ބާއްވާފައިވާއިރު، ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފްގެ ނަން ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުއެވެ. މި މަޤާމަށް އިތުރު ނަމެއް ހުށަހަޅާފައިނުވާއިރު، ހުސައިން ޝަރީފް ހޮވިވަޑައިގަތީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް އެކަންޏެވެ. ކޮމިޓީގެ މުޤައްރިރުގެ މަޤާމު ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ބަދަލުގައި، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ކޮމިޓީއަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

MMA_Ads
HajjCop_ads
Advertisement

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ހުސައިން ޝަރީފް ވަނީ ސަރުކާރުގެ އެންމެ މުހިންމު އެއް ތަސައްވުރަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން ފާހަގަކުރައްވާފައެވެ. އަދި ގެދޮރުވެރިކަމާބެހޭ ބިލު ފަދަ މުހިންމު މަސައްކަތްތައް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ގެދޮރުވެރިކަމާބެހޭ ކޮމިޓީއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިނގާގޮތް ބަލައި، ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ލިބޭތޯ ކަށަވަރުކުރުމާއި، ޤާނޫނީ ސިޔާސަތުތައް ދިރާސާކުރުމަށް އުފައްދާފައިވާ މުހިންމު ކޮމިޓީއެކެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު