ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީ ޖަލުގައި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ބެގޭޖް ސްކޭނަރެއް ބޭނުންކުރަން ފަށައިފި

Igmh
TTH_Ads
STO_Ads
Advertisement

މާފުށީ ޖަލަށް ވައްދާ ތަކެތި ސަތޭކަ އިންސައްތަ ސްކޭންކުރުމުގެ މަޤުޞަދުގައި އެ ޖަލުގައި ބެގޭޖް ސްކޭނަރެއް ޤާއިމުކޮށް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މާފުށީ ޖަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބެގޭޖް ސްކޭނަރުގެ ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިސަންސް ޙަސަން ޒަރީރާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙުމަދު ފަޞީޙުގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ނިޒާމު ފައްޓަވައިދެއްވުމަށްފަހު ވަޒީރު އަލީ އިހްސާން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ސަލާމަތީ ކަންކަން ތަރުތީބުކުރަމުން އަންނައިރު އެންމެ މުހިންމު އެއް ކަމަކީ ޖަލަށް ވެއްދޭ ތަކެތި ފުރިހަމައަށް ސްކޭންކުރެވިގެން ވެއްދޭކަން ކަށަވަރުކުރުން ކަމަށެވެ. އަލަށް ޤާއިމުކުރެވުނު ބެގޭޖް ސްކޭނަރުގެ އެހީގައި ޤައިދީންނަށް ޢާއިލާތަކުންނާއި އާންމުން ފޮނުވާ ތަކެތި ފުރިހަމައަށް ބަލައި ފާސްކުރެވޭނެއެވެ. މީގެ ކުރިން އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ބަލައި ފާސްކުރަމުން އައި އައުމަށް ނިމުމެއް އައިސް މިހާރު ޖަލަށް ވައްދާ ކޮންމެ އެއްޗަކީ ސްކޭންކުރެވިގެން ވެއްދޭ އެއްޗަކަށް ވެގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފޮރުވައިގެން ޖަލަށް އެތެރެކުރަން މަސައްކަތްކުރާ ތަކެތި މި ސްކޭނަރުގެ ޒަރީޢާއިން ފަސޭހަކަމާއެކު ހޯދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ޖަލުތަކަކީ ޤައިދީންގެ ފަރާތުން އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން ސަލާމަތީ ކަންކަން ތަރުތީބުކުރެވިފައިވާ ތަންތަނަށް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަން ވަޒީރު އަލީ އިހްސާން ފާހަގަކުރެއްވިއެވެ. މިގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް މި އަހަރު ނިމުމުގެ ކުރިން ޖަލުގައި ސްކޭން މެޝިންތައް ބަހައްޓައި ނިމިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ޖަލު ހިންގާތާ އެތައް އަހަރެއް ވެފައިވާއިރު މިފަދަ ނިޒާމެއް މީގެ ކުރިން ޤާއިމުކުރެވިފައި ނެތުމަކީ ބޮޑު އިހުމާލެއްކަމުގައި ވަޒީރު ސިފަކުރެއްވިއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ޖަލުތަކަކީ ޤައިދީންނަށް އަމާން ރައްކާތެރި މާޙައުލަކަށް ހަދައި އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނުކުންނައިރު ބޭނުންތެރި ބަޔަކަށް ހެދުން ކަމަށާއި ޖަލުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

H6txovzbmjojwefnjhdb

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

މާފުށީ ޖަލުގެ ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި

Mal

ސްކޭމްގެ މައްސަލަތަކާ ގުޅިގެން މާފުށީ ޖަލު ފާސްކޮށް 33 ފޯނު ހޯދައިފި