ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީ ޖަލުގެ ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި

STO_Ads
TTH_Ads
Advertisement

ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.

މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ފައްޓަވާދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ބޮޑީ ސްކޭނަރަކީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ޖަލުގައި ބެހެއްޓުނު އެންމެ ފަހުގެ ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ކަމަށެވެ. މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިންކަން ފާހަގަކޮށް ސަރުކާރުންމި މެޝިން ފޯރުކޮށްދިނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ މެދުވެރިކޮށް ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައި ވެއެވެ.

HajjCop_ads
Advertisement

ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް  މާފުށީ ޖަލަށް ގެންދެވިފައިކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވެއްދޭނެ ކަމަށާއި އަދި މީގެ ސަބަބުން ޖަލުން ސްކޭމް ކޯލުތައް ކުރުމުގެ އަމަލުތަކަށް ވެސް ނިމުން އަންނާނެކަމުގެ ޔަގީންކަން ދާހީލީ ވަޒީރު އަލީ އިހުސާނު ވަނީ ދެއްވާފަ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

43

މާފުށި ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކަރެކްޝަންސް އިން ފަށައިފި

Minister Ihusan

ދެ އަހަރު ތެރޭގައި މިހާރު ޖަލުތަކަށް ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ: އިހުސާން

Igmh

މާފުށީ ޖަލުގައި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ބެގޭޖް ސްކޭނަރެއް ބޭނުންކުރަން ފަށައިފި