ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

Igmh
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުލުހުންނާ ގުޅިގެން ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ޖަލުތަކުގެ ތެރޭގައި ހިންގާ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމާއި، ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކަރެކްޝަނަލް ސާވިސްއިން މި އޮޕަރޭޝަން ފަށާފައިވަނީ ހޯމަ ދުވަހު މާފުށީ ޖަލުގައި ވެސް ފުލުހުންނާ ގުޅިގެން މިފަދަ އޮޕަރޭޝަނެއް ހިންގުމަށްފަހުގައެވެ. ހުޅުމާލެ ޖަލުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ނުވެއެވެ.

ޖަލުތަކަށް މަނާ ތަކެތި ވެއްދުމާއި، ޖަލުތަކުގެ ތެރެއިން ސްކޭމް ކުރުމުގެ މައްސަލަތަކާއި، އަދި ޓެރެރިޒަމަށް މަގުފަހިވާފަދަ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކަކީ ޖަލުތަކުގެ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މީގެ ކުރިންވެސް މިފަދަ އަމަލުތައް ހުއްޓުވުމަށް އެކި ފަހަރުމަތިން ޖަލުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު ބޭނުމަކީ ޖަލުގެ ތެރޭގައި ހަރަކާތްތެރިވާ ކުށްވެރިންނަށް މުވާސަލާތީ ވަސީލަތްތަކާއި އެނޫންވެސް މަނާ ތަކެތި ލިބުން ހުއްޓުވުމެވެ.

HajjCop_ads
Advertisement

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޖަލުތަކުގެ ޖާގަ އިތުރުކުރުމާއި ސަލާމަތީ ވަސީލަތްތައް ޒަމާނީ ކުރުމުގެ މަޝްރޫއުތައް އަންނަނީ ތަންފީޒު ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓައި އޭގެ ޚިދުމަތްތައް ވަނީ ފަށާފައެވެ. މިފަދަ ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ޖަލުތަކަށް މަނާ ތަކެތި ވަނުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ކަރެކްޝަންސްއިން ދެކެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Ihusan

ދެ އަހަރު ތެރޭގައި މިހާރު ޖަލުތަކަށް ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ: އިހުސާން

މާފުށީ ޖަލުގެ ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި

778

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

Whatsapp image 2025 05 15 at 19.01.56 aca78a29 1024x682

މާފުށީ ޖަލުގެ ގައިދީންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ފަށައިފި