ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އަހަރު ތެރޭގައި މިހާރު ޖަލުތަކަށް ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ: އިހުސާން

Minister Ihusan
STO_Ads
TTH_Ads
Advertisement

ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ޖަލުތަކަށް ދިމާވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހެއް، އެ ގައިދީއެއްގެ ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ޖަލަށް އަންނަ ކޮންމެ ރައްޔިތަކީ ޖަލުން ނިކުމެގެން ދާއިރު މުޖްތަމައަށް ބޭނުންތެރި، މުޖްތަމައުން އެމީހަކަށް އިހުތިރާމްކުރާ އަދި އެމީހުންގެ އާއިލާތަކުން ބަލައިގަންނަ މީހަކަށްވާންވާނެ ކަމަށެވެ.

މުޖްތަމައުގައި އާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި ދެން އަނބުރާ މިފަދަ ފެސިލިޓީއަކަށް ނާންނާނެ ކަމުގެ ފުރިހަމަ އަޒުމާއެކުގައި ނިކުންނަ މީހެއް ކަމުގައިވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ “ވަން ޕްރިޒަން ކޮންސެޕްޓް” އެވެ. މި ކޮންސެޕްޓްގެ ދަށުން އުތުރު ތިލަފަޅުގައި ހުރިހާ ހިދުމަތްތަކެއް ހިމެނޭ ސެންޓްރަލް ޖަލެއް ތަރައްގީކުރުމަށް ނިންމާފައިވެއެވެ. މިއީ މީހުން ދިރިއުޅޭ ރަށްރަށާއި، ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން ކުރިމަތިވާ ކަންބޮޑުވުންތަކަށް ލިބޭނެ ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ބުނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

މާފުށީ ޖަލުގެ ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި

Ihsaan

ދެން ދާނީ ޑްރަގްގެ ބޮޑުންގެ ފަހަތުން: އިހުސާން

Whatsapp image 2025 05 15 at 19.01.56 aca78a29 1024x682

މާފުށީ ޖަލުގެ ގައިދީންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ފަށައިފި