ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށި ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކަރެކްޝަންސް އިން ފަށައިފި

43
ކ. މާފުށީ ޖަލު — ފޮޓޯ: އަވަސް
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުހުންނާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މާފުށި ޖަލުގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު ތަފުސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ޖަލުތަކުގެ ތެރޭގައި ހިންގާ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވުމަށްޓަކައި ދޭތެރެ ދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގަމުން ގެންދެއެވެ.

ޖަލުތަކަކީ ކުށްވެރިން އިސްލާހުކުރާ ތަނަކަށް ވީހިނދު، އެތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ. މީގެ ކުރިން ވެސް މާފުށި ޖަލުން މަނާ ތަކެތި ހޯދުމާއި، ޖަލުތެރޭގައި ހިންގާ ސްކޭމް ކުރުމުގެ މައްސަލަތަކާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހުއްޓުވުމަށް ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ. މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ ޖަލުގެ ތެރޭގައި އަމާންކަން ގާއިމުކޮށް، ގާނޫނާ ޚިލާފު ހުރިހާ އަމަލުތަކެއް ހުއްޓުވުމެވެ.

MMA_Ads
HajjCop_ads
Advertisement

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށާއި ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޓެކްނޮލޮޖީގެ އެހީގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިސްކަންދެމުން ދެއެވެ. އެގޮތުން، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓައި އެ ހިދުމަތްތައް ފަށާފައިވެއެވެ. މި ވަސީލަތްތަކުގެ ސަބަބުން ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ގޮސްފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާފުށީ ޖަލުގައި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ބެގޭޖް ސްކޭނަރެއް ބޭނުންކުރަން ފަށައިފި

H6txovzbmjojwefnjhdb

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

Big 5oJsDKk8PfWBjAm1ZuI89HTcZ

ހުޅުމާލޭ ޖަލުގެ އައު ޔުނިޓެއް ކޯވިޑް ފެސިލިޓީގައި ހުޅުވައިފި

ޑީއެންއާރާއި ކަރެކްޝަންސްއާ ދެމެދު މަޢުލޫމާތު ކަށަވަރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި