ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައިދީން އިސްލާހުކުރުމަކީ ތަމްރީނުވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: ވަޒީރު

TTH_Ads
STO_Ads
Maldivian_Ads
Advertisement

ޖަލުގައި ތިބޭ ޤައިދީން އިސްލާހުކޮށް، މުުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް އެ މީހުން ހެދުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ އޮފިސަރުންތަކެއް ކަމަށެވެ.

HajjCop_ads
Advertisement

މީހަކު ކުށްކޮށްގެން ކޯޓު ޕްރޮސެސްއަށްފަހު ޖަލަށް އައިސް، ޖަލުން ނިކުމެ އަނބުރާ މުޖްތަމަޢުއަށް ދިއުމާމެދު އެމީހުންނާ ޙަވާލުވެ އެ ދެމެދުގައި ހުންނަނީ އޮފިސަރުން ކަމަށާއި، ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖްތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އަދި އެ ޒިންމާ އަދާކުރާނީ ތަމްރީންވެގެން ނިކުންނަ އޮފިސަރުން. ބާކީ އަސްލު ވާޖިބު އަދާކުރުމުގެ މަސްއޫލިއްޔަތުތައް މިއަދުން ފެށިގެން ދެން މިއޮތީ ކުރިއަށް. ކޮންމެ ދުވަހަކީ މިދެންނެވި ޤައުމީ ވާޖިބު އަދާކުރާނެ ދުވަހެއް. ކޮންމެ އޮފިސަރެއްވެސް އަޒުމު ކަނޑައަޅަންވާނީ މިއަދުން ފެށިގެން ރަސްމީ މަސައްކަތުގަ ހޭދަކުރާ ކޮންމެ ދުވަހަކީ މިދެންނެވި ޤައުމީ ވާޖިބު އަދާކުރުމަށާއި އަޅުގަނޑުމެންގެ ވުޒާރާ އާއި ރައްޔިތުންނަށާއި ހެއްދެވި ފަރާތަށް އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރާ އޮފިސަރުންތަކަކަށް” ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އޮފިސަރެއްގެ އެންމެ އަސާސީ ކަމަކީ އަޚްލާގުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ތަމްރީނުން ދަސްވި ދީނީ ކަންކަމާއި އަދި މުޖްތަމަޢުގެ ތެރެއިން ދަސްކުރާ ރަނގަޅު ހުލްގު ދެމެހެއްޓުމަށްވެސް އެދިވަޑައިގެންފައެވެ.

“އެ އަޚްލާގުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ނުގުޑާފަދަ އަޒުމެއްގައި އޮންނަ އެ މީހާގެ އިންޓެގްރިޓީ. ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއްގެ އިންޓެގްރިޓީއާ ދޭތެރޭ ޝައްކު އުފެދޭ ހާލަތެއް އައިސްފިކަމަށް ވާނަމަ އެއީ ޚިދުމަތުގަ އެމީހާ ފެއިލްވާ ހިސާބު” ވަޒީރު ވިދާޅުވި އެވެ.

އިންޓެގްރިޓީ ފެއިލްވުމުން ޚިދުމަތުގަ އެ އޮފިސަރަކު ނުބަހައްޓާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކޮންމެ އޮފިސަރަކުވެސް މަސައްކަތް ކުރަންވާނީ ޤާނޫނު ތަންފީޒު ކުރުމުގަ އާއި ޑިއުޓީ އަދާކުރުމުގަ ތެދުވެރިކަމާއެކީގައި ކަމަށެވެ.

އަމިއްލަ ނަފްސަށާއި ދީނަށް ތެދުވެރިވެ، އަދި ކޮންމެ މީހަކު ކޮންމެ ހުށަހެޅުމެއް ހުށަހެޅިޔަސް އިންޓެގްރިޓީ ދެމެހެއްޓުމަށް ނުގުޑާފަދަ އަޒުމު ކަނޑައަޅައި ދެމެހެއްޓުމަށް ވަޒީރު އެދިވަޑައިގެންނެވި އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަލު އޮފިސަރުންގެ އަސާސީ ތަމްރީނުތައް 32 ބައިވެރިން ފުރިހަމަކޮށްފި

HT81JRqakAA3e2v

ޤައިދީންނަށް ޚިދުމަތްދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ހެލްތުކެއަރ ޕޯސްޓެއް

ކަރެކްޝަނާއި ރެޑްކްރެސެންޓުގެ ތަމްރީނު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށް ގެންދަނީ