ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގެ ސްކޫލެއްގައި ހިންގި ބޮޑު ހިޔާނާތަކާ ގުޅިގެން ތިން މުވައްޒަފަކު ވަކިކޮށްފި

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

މާލެ ސަރަހައްދުގެ ސްކޫލެއްގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގި 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން އެ ސްކޫލުގެ ތިން އިސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާ ނަގަމުންދިޔައީ 2021 ވަނަ އަހަރު ވަޒީފާއިން ވަކިވެ ރާއްޖެ ދޫކޮށް ގޮސްފައިވާ ބިދޭސީ މުވައްޒަފެއްގެ ނަމުގައެވެ. އެ މީހާ ފުރައިގެން ދިއުމުން، މުސާރަ ޝީޓަށް އެހެން މީހެއްގެ ނަން އިތުރުކޮށް، އެ މީހާގެ މުސާރައިގެ ގޮތުގައި ފައިސާ ނަގައި ޖަމާކުރަމުން ދިޔައީ ބަޖެޓު އޮފިސަރާ އާއިލީ ގުޅުން އޮންނަ އެކި ފަރާތްތަކުގެ ބޭންކު އެކައުންޓުތަކަށެވެ. އެގޮތުން އެކި މަސްމަހު އޭނާގެ އަނބިމީހާއާއި މައިދައިތަގެ އިތުރުން ސްކޫލުގެ ވޮޗަރުގެ އެކައުންޓަށްވެސް މުސާރައިގެ ނަމުގައި ފައިސާ ޖަމާކޮށްފައިވެއެވެ. މިގޮތަށް ފަސް އަހަރުގެ ތެރޭގައި ޖުމުލަ އެއް މިލިއަން ފަސްލައްކަ ރުފިޔާ ނަގާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ. މުސާރަ ޝީޓުތައް ތައްޔާރުކޮށް ފައިސާ ޖަމާކުރުމުގެ ކަންކަން ހިނގަމުންދިޔަ ގޮތް ސްކޫލުގެ އެޑްމިނިސްޓްރޭޓަރަށް އެނގެންޖެހޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މި ތިން މުވައްޒަފުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ.

HajjCop_ads
MMA_Ads
Advertisement

މި ބޮޑު ހިޔާނާތުގެ މައްސަލަ ފާހަގަކުރެވިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް ރެންޑަމްކޮށް އޮޑިޓްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. އޮޑިޓްގެ ތެރެއިން މައްސަލަ ފާހަގަކުރެވި އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު އެޅުމަށް ހުށަހެޅި ނަމަވެސް، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުންދާކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. ދައުލަތުގެ މުއައްސަސާތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

65 އަހަރުން މަތީގެ މީހުން ވަޒީފާއަށް ކުރިމަތިލާން ސިވިލްސާވިސް ކޮމިޝަނުން ހުޅުވާލައިފި