ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

65 އަހަރުން މަތީގެ މީހުން ވަޒީފާއަށް ކުރިމަތިލާން ސިވިލްސާވިސް ކޮމިޝަނުން ހުޅުވާލައިފި

43
STO_Ads
TTH_Ads
އުމުރުން 65 އަހަރު ފުރުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުން ވަޒީފާއަށް ކުރިމަތިލާން ސިވިލް ސާވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ރީ-އެމްޕްލޯއިމަންޓް ޤާނޫނާއި ސިވިލް ސަރވިސް ރީ-އެމްޕްލޯއިމަންޓް ގަވާއިދުގެ ދަށުން އުމުރުން 65 އަހަރު ފުރުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުންނަސް ވަޒީފާގައި ތިބުމަށް މިއަދުން ފެށިގެން ހުށައެޅޭނެކަމަށެވެ.

މީގެއިތުރުން ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އުމުރުން 65 ފުރުމުގެ ސަބަބުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް އަލުން ވަޒީފާއަށް އެދި ކުރިމަތިލެވޭނެކަަމަށް ސިވިލް ސާވިސް އިން ބުނެއެވެ.

ވަޒީފާއަށް އަލުން ކުރިމަތިލެވޭ ޝަރުތުތައް 

Maldivian_Ads

  1. ވަޒީފާ އަދާކުރެވޭ ފަދަ ސިއްހތެއްގައި ހުރި މީހަކަށް ވުން؛
  2. ވަޒީފާއިން މުސްކުޅިކުރެވިފައިވާ ފަރާތެއް ނަމަ، އުމުރުން 75 އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 މަސްދުވަސް އޮތް ފަރާތަކަށް ވުން؛
  3. ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ޝަރުތު ހަމަވާ ހުސް ވަޒީފާއެއް އޮތުން؛
  4. ވަޒީފާއަށް އެދޭ ފަރާތަކީ ކުރިމަތިލާ މަގާމުގެ ޝަރުތުހަމަވާ ފަރާތަކަށްވުން؛

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ވަޒީފާގައި ދެމިތިބެން އެދޭ މުވައްޒަފުން، އުމުރުން 65 އަހަރު ފުރުމުގެ 6 މަސްދުވަހުގެ ކުރިން، އެ ކަމަށް އެދި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަށް ލިޔުމުން ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ރީ-އެމްޕްލޯއިމަންޓް ގަވާއިދަށް ޢަމަލުކުރަން ފެށި ތާރީހުކަމަށްވާ 21 އެޕްރީލް 2026 ފެށިގެން، 65 އަހަރު ފުރުމާ ހަމަޔަށް 6 މަސްދުވަސް ނެތް ނަމަ، އެ ފަރާތަށް 65 އަހަރު ފުރުމުގެ ކުރިން އެކަމަށް އެދި ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހެޅަން ޖެހޭނެކަމަށްވެސް ސިވިލްް ސާވިސް ކޮމިޝަނުން ބުނެއެވެ.

ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، 60 ދުވަހުގެ ތެރޭގައި (24 ޖޫން 2026 ގެ ނިޔަލަށް) ވަޒީފާއަދާކުރި އިދާރާއަށް ހުށަހަޅަންވާނެކަމަށްވެސް ސިވިލް ސާވިސްް ކޮމިޝަނުން ބުނެއެވެ.

ވަޒީފާ އަދާކުރި އިދާރާ އުވިފައިވާ ފަރާތްތަކާއި، ވަޒީފާ އަދާކުރި އިދާރާ ބަދަލުވެފައިވާ ފަރާތްތަކަށް ވަޒީފާ ދެއްވުން އެދި 24 ޖޫން 2026 ގެ ނިޔަލަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ [email protected] މެދުވެރިކޮށްކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު