ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

Big JKmqf9HGgqlE9XmQgX4oQ639l
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ، އަލަށް އައްޔަންކުރާ ސީއީއޯގެ މައިގަނޑު މަސްއޫލިޔަތަކީ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވުމެވެ. މިއީ، އެ މުއައްސަސާއަށް އަންނަމުންދާ މުހިންމު ބަދަލުތަކާއެކު، އޮފީހުގެ ހިންގުން ހަރުދަނާ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން އެ އޮފީހުން ފާހަގަކުރެއެވެ. މީގެ އިތުރުން ޤާނޫނީ ބަދަލުތައް ތަންފީޒުކޮށް، މުއައްސަސާގެ އިދާރީ ހިންގުމުގެ ޒިންމާތައް އުފުއްލެވުމަށް ސީއީއޯ އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް މިދިޔަ އޭޕްރީލް މަހު ޕެންޝަން އޮފީހުން ހުޅުވާލާފައި ވަނިކޮށް، މިދިޔަ މެއި މަހު ތަސްދީޤުކުރި ޕެންޝަނާ ބެހޭ ޤާނޫނުގެ ހަވަނަ އިސްލާޙާއި ގުޅިގެން އެ މަޤާމަށް އަލުން މިވަނީ ކުރިމަތިލާން ހުޅުވާލާފައެވެ.

MMA_Ads
HajjCop_ads
Advertisement

އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެ ޕެންޝަން ނުލިބޭ ގޮތް ހެދުމަށް ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ، މިދިޔަ މަހުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ އަށްވުރެ ބޮޑު އަދަދެއް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭނަމަ އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ކަނޑައަޅައި، ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަން ކަނޑައެޅުމުގެ ގޮތުންނެވެ. އަދި ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ކަމަށް ކަނޑައަޅައި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމަކީވެސް މި ބިލު ހުށަހެޅުއްވި ސަބަބެކެވެ.

ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަންވެސް މި އިސްލާޙުގެ ދަށުން ވަނީ ކަނޑައަޅުއްވާފައެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަކީ، އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހެއްތޯ ނުވަތަ އަސާސީ ޕެންޝަން ޙައްޤު މީހެއްތޯ ބެލުމުގައި އަމަލުކުރަންވާ އުސޫލުތަކާއި އިޖުރާއަތްތައް މާލީ ވުޒާރާގެ މަޝްވަރާއާއެކު ކަނޑައަޅަން ޖެހޭނީ ޕެންޝަން އޮފީހުގެ ބޯޑުންނެވެ. މި ބިލުގައި އަސާސީ ޕެންޝަން ލިބެމުންދާ މީހަކު، ޤާނޫނުއަސާސީގެ ދަށުން ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމަކަށް އަތުވެއްޖެނަމަ ނުވަތަ ދައުލަތާއި ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ގުޅިއްޖެނަމަ އެ މީހަކަށް ޕެންޝަން ނުލިބޭނެކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ގެދޮރު ގަތުމަށްޓަކައި ނުވަތަ އިމާރާތް ކުރުމަށް އަދި މަރާމާތު ކުރުމަށް ޑައުންޕޭމަންޓުގެ ފައިސާ ޕެންޝަން ފަންޑުގެ ފައިސާއިން ކޮލެޓަރަލައިޒް ކުރެވޭނެ ކަމަށްވެސް ބިލުގައިވަނީ ބަޔާންކޮށްފައެެވެ. މިކަމަށް ޚާއްސަ ޤަވާއިދެއް ހަދަންޖެހޭއިރު މިފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ، ބޭންކުން ދޫކުރާ ލޯނަކަށް ނުވަތަ ފައިނޭންސް ކުރާ ކުންފުންޏަކުން އަދި މާލީ މުއައްސަސާއަކުން ދޫކުރާ ލޯނުތަކަށެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

civil service office

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ފެންޝަން ފައިސާ ނެގޭ އިސްލާހަށް ލަފާ ހޯދަނީ

ޕެންޝަން ސްކީމުން ފައިސާ ދެއްކުމުން ޙައްޖު ކިޔުއަށް އެރޭގޮތް ހަދަނީ

civil service office

ބޮޑެތި ބަލިތަކަށް ޕެންޝަން ފައިސާ ނެގޭގޮތަށް ޤާނޫނު ބަދަލުކުރަން މަޖިލީހަށް ހުށަހަޅައިފި