ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާއިން ހަދިޔާކުރި ހިމަބިއްސާއި ރުބެއްލާ ވެކްސިނާއި ސިއްހީ ސާމާނު މާލެ ގެނެސްފި

43
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ހިމަބިއްސާއި ރުބެއްލާ ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި ތިން ޓަނުގެ ސިއްހީ ސާމާނު މިއަދު މާލެ ގެނެސްފިއެވެ.

މި އެހީގެ ދަށުން ވިހިހާސް ޑޯޒްގެ އެމްއާރް ވެކްސިނާއި، ގާތްގަނޑަކަށް ތިން ޓަނުގެ ސިއްހީ ސާމާނު ވަނީ ރާއްޖެއަށް ގެނެސްފައެވެ. މީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި، ސިއްހީ ފަރުވާގެ ކަންކަމުގައި ބޭނުންކުރާ ތަފާތު ތަކެތި ހިމެނެއެވެ. މި ތަކެއްޗަކީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް މި މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި ތަކެއްޗެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެހީއަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވަރުގަދަ ގުޅުމާއި، އާންމު ސިއްހަތު ކުރިއެރުވުމަށް ދެޤައުމުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. އަދި އަވަށްޓެރި ގައުމަކަށް ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އިންޑިއާއިން އަބަދުވެސް އިސްކަންދޭކަން އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ. ސިއްހީ ދާއިރާއިން ވެދޭ މިފަދަ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި

Saeed

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރާ ކަމަށް ފަތުރާ ޚަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފި

Ew

ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑާމެދު އިންޑިއާއިންވެސް ހިތްހަމަނުޖެހޭ ކަމަށް ސަފީރު ވިދާޅުވެއްޖެ

Big kFL03BBZTD9jpNxqDIgnyKnvO

ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުންދާ ދެ ޤައުމު: ނައިބު ރައީސް