ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަމްޢާން ކުރެއްވި ތުހުމަތުތައް އުޝާމް ދޮގުކުރައްވައިފި

H6txovzbmjojwefnjhdb
STO_Ads
TTH_Ads
Advertisement

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު ދިވެހިރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ނިޒާމު ބަޔަކަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ކުރެއްވި ބޮޑެތި ތުހުމަތުތައް ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ދޮގުކުރައްވައިފިއެވެ.

މަނީ ލޯންޑަރިންގ ހިމެނޭހެން ތިން ދައުވާއެއްގެ ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަމްޢާން ވަނީ ދާޚިލީ ވަޒީރު ޢަލީ އިޙްސާން ރާއްޖޭގެ ބޯޑަރު ވަކި ބަޔަކަށް ވިއްކާލައްވާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިކަން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ސީދާ އޭނާއަށް ގުޅުއްވި ކަމަށާއި، އެހެންކަމުން މިކަމުގައި ރައީސްގެ ބައިވެރިވުން އޮތް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން ބޯޑަރު ކޮންޓްރޯލް ނިޒާމު ވިއްކާލުމުގައި އިސްކޮށް ހުންނެވީ ބަންޑާރަނައިބު އުޝާމް އަދި ވަޒީރު އިޙްސާން ކަމަށާއި، އެކަމުގެ ހެކި އޭނާގެ ފޯނުގައި ހުންނާނެ ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ. އަދި މި އަމަލުތައް އަދިވެސް ސިއްރުން ކުރިއަށްދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

ޝަމްޢާންގެ މި ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން ބަންޑާރަނައިބު އުޝާމް ވަނީ އެކަންކަން ދޮގުކުރައްވާފައެވެ. ސަރުކާރުން ނުވަތަ އޭނާ އަމިއްލަފުޅަށް ވިޔަސް ޝަމްޢާން ފްރޭމް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އުޝާމް ވިދާޅުވިއެވެ.

ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި ޝަމްޢާންގެ މައްޗަށް ދައުވާ އުފުލިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން ފައިސާ ހޯދަން އުޅުނު ކަމުގެ މައްސަލައެއްގައެވެ. އަދި މިއީ އެއްވެސް ހާލެއްގައި ސިޔާސީ މަގުސަދެއްގައި ކުރިއަށްދާ މައްސަލައެއް ނޫންކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ އިޖުރާއަތުތައް ބަޔާންކުރާ ބިލެއް އަންނަ ހަފުތާގައި ހުށަހަޅަނީ

66

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް އިސްކަންދޭނެ: އުޝާމް

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް