ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤާނޫނީ ފިޔަވަޅުތަކާއެކު ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލުތައް އަންނާނެ: ބަންޑަރަ ނައިބު

Usham
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޤާނޫނީގޮތުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޤާނޫނާ ޚިލާފު ޑޮލަރުގެ މައްސަލަތައް ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ބޭރު ފައިސާގެ ޤާނޫނަށް ގެނެވުނު އިސްލާޙާއެކު ހެޔޮ ބަދަލެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤާވާއިދަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ބޭރުފައިސާގެ ޤާނޫނުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށްވަނީ ބަދަލުކޮށްފައެވެ.

HajjCop_ads
Advertisement

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ޤަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ޤާނޫނުގައި އޮތްގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން މާރުކުރަންޖެހޭނެ.

ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ޤާނޫނަށް ގެނެވުނު އަނެއް އިސްލާޙަކީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާއި ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކުން ކުރަމުންދަނީ ޤާނޫނާ ޚިލާފު ވިޔަފާރިއެއްކަމުން، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
ބަންޑާރަ ބައިބުވަނީ ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތުކުރުމުގައި ބޭރު ފައިސާއާއި ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނާއި، ބޭންކިންގެ ޤާނޫނުތަކާ އެއްގޮތަށް ހުރިހާ ފަރާތަކުންވެސް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihusan

ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙްޤީޤްކުރަމުން: އިޙްސާން

Optimized a534lc

ރަސްމީ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުން ކުށަކަށް

471296 5c1dd603 5

40 ޕަސެންޓު ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލު ތަސްދީޤްކޮށްފި

H6txovzbmjojwefnjhdb

ޝަމްޢާން ކުރެއްވި ތުހުމަތުތައް އުޝާމް ދޮގުކުރައްވައިފި