ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިންޑަނާއޯގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އޭޝިއާގެ ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު

TTH_Ads
STO_Ads
Advertisement

ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން، އޭޝިއާގެ އެކި ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދޭ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ފިލިޕީންސް ގަޑިން ރޭގަނޑު 7:40 އެހާއިރުއެވެ. ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސީސްމޮލޮޖީން ބުނީ، ފުރަތަމަ އައި ބިންހެލުމަށްފަހު އެއް ގަޑިއިރަށްވުރެ ގިނައިރު ވަންދެން ބާރުގަދަ ލޮޅުންތައް އިހުސާސް ކުރެވުނު ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދައްކައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިންޑަނާއޯގެ ޖެނެރަލް ސަންތޯސް ސިޓީގައި ހުރި ‘ޖޮލިބީ’ ރެސްޓޯރަންޓެއް ހިންގާ ތިން ބުރީގެ އިމާރާތެއް ވަނީ ބިންމާ ހަމަވެފައެވެ. މީގެ އިތުރުން ގިނަ އިމާރާތްތަކެއްގެ ފުރާޅުތައް ވެއްޓި، ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފޮޓޯތަކުން ފެނެއެވެ.

MMA_Ads
HajjCop_ads
Advertisement

ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިއީ އެ އިދާރާގެ އިންޓެންސިޓީ ސްކޭލުން ބަލާއިރު 10 އަކުން 7 ގެ “ވަރަށް ބާރުގަދަ” ބިންހެލުމެކެވެ. މި ހާދިސާގައި މިހާތަނަށް މަރުވި ނުވަތަ އަނިޔާވި މީހުންގެ ސީދާ އަދަދެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ވިދާޅުވީ، އޮފީސް އޮފް ސިވިލް ޑިފެންސް އާއި ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލް ހިމެނޭހެން ކާރިސާތަކާ ބެހޭ ހުރިހާ އިދާރާތަކެއް މިހާރު ވަނީ އެލާޓަށް ގެނެސްފައި ކަމަށެވެ. އަދި ސުނާމީގެ ނުރައްކާ އޮތުމުން ސަރުކާރުގެ އިރުޝާދުތަކަށް ބޯލެނބުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިންޑަނާއޯގެ ގިނަ ޕްރޮވިންސްތަކެއްގެ ސުކޫލުތައް މިއަދު ވަނީ ބަންދުކޮށްފައެވެ.

އެމެރިކާގެ ޕެސިފިކް ޓްސުނާމީ ވޯނިންގ ސެންޓަރުން ލަފާކުރާ ގޮތުގައި، ފިލިޕީންސްގެ އައްސޭރިފަށަށް 3 މީޓަރު (9.8 ފޫޓު) ގެ އުސް ސުނާމީ ރާޅު އެރުން އެކަށީގެންވެއެވެ. އަދި އިންޑޮނޭޝިއާ އާއި މެލޭޝިއާއަށް 1 މީޓަރުގެ އުސްމިނުގެ ރާޅު އަރާފާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ނުރައްކަލާ ގުޅިގެން ޖަޕާން، ފިލިޕީންސް އަދި އިންޑޮނޭޝިއާގެ އޮފިޝަލުން ވަނީ އައްސޭރިފަށުގައި އުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަމުރުކޮށްފައެވެ. ޖަޕާނުގެ އޮކިނާވާ އާއި ދެކުނު އައްސޭރިފަށުގެ އިތުރުން، އިންޑޮނޭޝިއާގެ އުތުރު ސުލަވެސީ އާއި ގޮރޮންޓާލޯ ޕްރޮވިންސްގެ ރައްޔިތުން ވަގުތުން އުސް ބިންތަކަށް ބަދަލުވުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ އަންގާފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފިލިޕީންސަށް 8.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްވެއްޖެ

ފިލިޕީންސްއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި