ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިޗްގެ ވަޒަންކުރުމަކީ އެ ބޭންކުގެ މާކެޓް ލީޑަޝިޕާއި މާލީ ގޮތުން ދައްކަމުން އަންނަ ހަރުދަނާ ނަތީޖާ: ޝަރީފް

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
STO_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ވަރުގަދަކަމާއި މާކެޓުގައި އޮތް އިސް މަގާމާއި ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން އެ ބޭންކަށް ކްރެޑިޓް ރޭޓިންއެއް ދީފި އެވެ.

ފިޗުން “ބީއެމްއެލްގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިން” ކަނޑައެޅީ “ސީސީސީ” ގަ އެވެ. އެ ބޭންކުގެ އައުޓްލުކް ވަނީ “ސްޓޭބަލް” ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު ‘ސީސީސީ+’ ގައި ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިން އަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.

HajjCop_ads
Advertisement

ބީއެމްއެލް އިން މިއަދު ބުނީ، އެ ބޭންކަށް ދިން ފިޗް ރޭޓިން އިން އެނގެނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު އެ ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަކަން ކަމަށެވެ.

މި ރޭޓިންގް ދީފައިވަނީ މިދިޔަ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެ އިން އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް ‘ސީސީ’ އިން ‘ސީސީސީ’ އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިން މަތިކުރުމާއި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް މުހިންމު ދައުރެއް އަދާކުރި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ފިޗްގެ މި ވަޒަންކުރުމަކީ އެ ބޭންކުގެ މާކެޓް ލީޑަޝިޕާއި މާލީ ގޮތުން ދައްކަމުން އަންނަ ހަރުދަނާ ނަތީޖާތަކާއި ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދިއުމުގެ ގާބިލުކަން ބަލައިގަތުމެއް

ބީއެމްްއެލްގެ ރޭޓިން ވަރުގަދަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ އެ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ވެސް މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެކެވެ.

ރާއްޖެ އިން އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުން އަންނައިރު، ބީއެމްއެލްގެ މި ރޭޓިން އިން އެނގެނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމަށް ގައުމީ ބޭންކެއްގެ ދައުރު މުހިންމުކަން ކަމަށް އެ ބޭންކުން ފާހަގަކުރި އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 07 22 at 11.32.22

ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

WhatsApp Image 2026 07 21 at 10.03.10

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

988

ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި

Igmh

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ކިޔަވާ ލޯނެއް ތަޢާރަފުކޮށްފި