ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ

STO_Ads
TTH_Ads
Advertisement

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތު ސަރަހައްދުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ މާލޭގެ އުތުރުގެ ބޮޑުތަކުރުފާނު މަގުގެ 3، 2 އަދި 4 ވަނަ ސެގްމެންޓުގެ މަސައްކަތެވެ. އެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކެޕިން މަސައްކަތެވެ. އެ މަސައްކަތްތަކުގެ ތެރެއިން 463 މީޓަރުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތް ނިންމާލާފައިވާކަމަށް ބުނެފައިވެއެވެ. އެއީ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތައެވެ.

HajjCop_ads
Advertisement

އިތުރަށް އެ ކުންފުނިން ބުނެފައިވަނީ ބޮޑުތަކުރުފާނު މަގުުގެ އުތުރުފަރާތުގެ މަސައްކަތްތަކުގެ ތެރެއިން ހިނގަމުންދާ ހަފުތާގެ ތެރޭގައ 150 މީޓަރުގެ ކޮންކްރީޓު މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި އެ މަގުގައި ގާއިމުކުރަންޖެހޭ ފެނާއި ނަރުދަމާއާއި އެހެނިހެން ވިއުގަތަކުގެ މަސައްކަތްތަކުގެ ތެރެއިން 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ. މަގު އަޑީގައި ވަޅުލާ ވިއުގަތަކުގެ މަސައްކަތް މިހަފުތާ ނިމުމުގެ ކުރިން ނިންމައިލެވޭނެ ކަމުގައި ބުނެފައިވެއެވެ.

ކުރިއަށްދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ޕޭވްމަންޓް ހެދުމާއި، މައި ފެން ހޮޅި ވަޅުލުމާއި، ކާބްސްޓޯން ޖެހުމާއި، ކެޗްޕިޓް ހެދުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ބެހެއްޓުމާއި މަގުގެ ސަބް-ގްރޭޑިން މަސައްކަތްތައް ހިމެނެއެވެ. މިހުރިހާ މަސައްކަތްތަކެއްވެސް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ނިމުނު އަހަރުގެ އޯގަސްޓު 21 ވަނަ ދުވަހު ފެށި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ތިން ސެގްމެންޓަކަށް ބަހާލައިގެން، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކުރުމާއި، 830 މީޓަރުގެ މަގުގައި ތާރުއެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 4j0ssZJfBcUBwVX9xR6rfQ2LQ

އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

43

އަމީނީ މަގުގައި އަލުން ތާރުއެޅުމަށް ބޭނުންވާ ޕްރީ-ކޮންސްޓްރަކްޝަން ސާވޭ ފަށައިފި

43

މާލޭގެ މިނީ ބަހުގެ ހިދުމަތުގެ ރޫޓުތަކަށް މިނިވަން ދުވަހާ ދިމާކޮށް ބަދަލުތަކެއް

WhatsApp Image 2026 07 25 at 18.22.08

ހުޅުމާލޭގައި ޒަމާނީ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި