ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ވެސްޓް ޕާކް ސަރަޙައްދުގެ މަސައްކަތް ފަށައިފި

Cbf6666a 68ad 44da b94e ca857a72eff3
TTH_Ads
STO_Ads
Maldivian_Ads
Advertisement

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ވެސްޓް ޕާކް ސަރަޙައްދުގައި މަސައްކަތް ކުރުމަށްޓަކައި، އެ ސަރަޙައްދުގެ މަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، މި ފިޔަވަހީގެ ދަށުން އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަޙައްދުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ދެން ތަރައްޤީކުރާނީ އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ، ބަރު އުޅަނދުތައް ދުއްވުމުގެ ސަބަބުން ވަރަށް ބޮޑަށް އަޑިގުޑަންވެފައިވާ ސަރަޙައްދެވެ. ސަރުކާރުގެ އަމާޒަކީ މުޅި މަޝްރޫޢުގެ މަސައްކަތް ނިންމައި ނޮވެމްބަރު މަހު އާންމުންނަށް ހުޅުވާލުމެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1.145 ކިލޯމީޓަރުގެ ސަރަޙައްދެއް ފަޅުން ބައެއް ހިއްކައިގެން 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމުގެ އިތުރުން 500 ސައިކަލުގެ ޕާކިންގ ޒޯނާއެކު ތަރައްޤީކޮށްފައެވެ. މިއާއެކު އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.

މީގެއިތުރުން، މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް