ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީ: އެމްޓީސީ

Da352f59 89a6 4400 a330 61d207cfa9cb
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް ނުނިމޭތީކަމަށް އެމްޓީސީސީން ބުނެފިއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރިބައިގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެމްޓީސީސީން ބުނީ އެ ކުންފުންޏާއި ދިވެހި ސަރުކާރުން ހަވާލުކުރައްވައިގެން ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުމަގު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، އެ މަގުގައި ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް ހުރިކަން މިމަހުގެ 24 ވަނަ ދުވަހު ނެރުނު ބަޔާނުގައިވެސް ފާހަގަކޮށްފައިވާނެކަމަށެވެ. އެގޮތުން މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި އޮތީ ފުރިހަމަ ނުކުރެވިކަން މީގެކުރިން ހާމަކޮށްފައިވާނޭކަމަަށް އެމްޓީސީސީން ބުންޏެވެ. ނަމަވެސް އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޮޑުތަކުރުފާނުމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަން ބަހައްޓައި ޓެސްޓުކޮށް އަދި ކޮމިޝަންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީގެ ބަޔާނުގައިވެއެވެ. މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނުމަގުގައި ފެން ބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލާފައިވަނީ މިމަހުގެ 24 ދުވަހުއެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 23 at 14.29.23

ނޮޅިވަރަމު ސްކޫލް މަލްޓިޕާޕާސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް

ހިއްމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

RTL

މަގު ހަދާތީ ވެސްޓްޕާކްގެ ބަދަލުގައި، ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް!

WhatsApp Image 2026 09 22 at 18.44.53

ދިއްގަރުގައި 75 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި