ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިންގެ ޕާކް ސަރަހައްދުގައި ޤާއިމްކުރާ ޕަމްޕު ސްޓޭޝަން ކޮމިޝަންކޮށްފި

HPrAJ6fbUAAPQ2d
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މަސްވެރިންގެ ޕާކް ސަރަހައްދުގައި ޤާއިމްކުރާ ފެންހިންދާ ނިޒާމު ކޮމިޝަންކޮށްފިއެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސްވެރިންގެ ޕާކުގައި ބެހެއްޓި މި ޕަމްޕު ސްޓޭޝަން ކޮމިޝަންކޮށްފައިވަނީ އިއްޔެކަމަށެވެ. މީގެ އިތުރުން އެމްއެމްއޭ ކައިރީގައި ހުރި ޕަމްޕު ސްޓޭޝަން 1 ކޮމިޝަން ކުރުމުގެ މަސައްކަތް މާދަމާ ކުރިއަށްދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ޕަމްޕު ސްޓޭޝަންތަކަކީ މާލެއަށް ބޯކޮށް ވާރޭވެހޭ މޫސުންތަކުގައި ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގާއިމުކުރާ ނިޒާމެކެވެ. މި މަސައްކަތް ނިމުމުން، ވާރޭފެން ހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، މަގުތަކުން ފެން ހިންދުމަށް ކުރާ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލާފައިވަނީ ޖުލައި 24 ދުވަހުއެވެ. މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއް ތާރުއަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަމީނީމަގު މަރާމާތުކުރުން: ސެގްމަންޓް 3 ގެ މަސައްކަތް ފަށައިފި

މަރާމާތަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހިމެނޭ ސަަރަހައްދު ބަންދުކޮށްފި

WhatsApp Image 2026 10 04 at 20.11.09

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ފަށައިފި

WhatsApp Image 2026 10 04 at 15.00.57

މަޑަވެލީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް