ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ

461752 46d9108b 9
TTH_Ads
STO_Ads
Advertisement

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ސިއްހީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ފުޑް ސައިންޓިސްޓެއްގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލުމަކީ ސިއްހީ ނިޒާމަށާއި ރައްޔިތުންގެ ދިރިއުޅުމަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ރައްކާތެރި ކާނާ ބޭނުންކުރުމަކީ އާންމު ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ވަކި ފަރާތެއްގެ މަސައްކަތެއް ނޫން ކަމަށާއި، މިއީ ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، ވިޔަފާރިކުރާ ފަރާތްތަކާއި، ސިއްހީ ހިދުމަތްތެރިން އަދި އެންމެހާ ކޮންސިއުމަރުންގެ ވެސް ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. ކާބޯތަކެތި ތައްޔާރުކުރުމާއި، ރައްކާކުރުމާއި އަދި ބޭނުންކުރުމުގެ މަރުހަލާތަކުގައި އެތަކެއްޗަކީ ތަޣައްޔަރުވެފައިވާ ތަކެތި ނޫންކަން ކަށަވަރުކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއްކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ޢާންމު ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ މުސްތަޤްބަލެއް ބިނާކުރެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކޮށް، އެކަމަށް އެހީތެރިވެގެންކަމަށް އެކަމަނާ ވިދާޅުވިއެވެ. ސަރުކާރުން ވެސް ދަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އާންމު ސިއްހަތު ހިމާޔަތްކުރުމަށްޓަކައި ނުހަނު މުހިންމުކަމެއްގެ ގޮތުގައި ދެކި، އެކަމަށް ބޭނުންވާ ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވެއްޖެ

Igmh

ދިވެހިންގެ އާދަކާދަތަކާއި ހިސާބު އިލްމާ ހުރި ގުޅުން ދައްކުވައިދޭ ތާރީހީ ފޮތެއް ސާޖިދާ ނެރެދެއްވައިފި

464306 9cd26852 8

ތައުލީމާއި، މުޖުތަމައުގެ ކުރިއެރުމާއި އިގްތިސާދީ ފާގަތިކަން ބިނާވެފައިވަނީ ރަނގަޅު ސިއްހަތެއްގެ މައްޗަށް: ސާޖިދާ

43

ތައުލީމީ މީހުންގެ ކިބައިން ހަރުދަނާ އަޚުލާގު ފެންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެ