ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއީ އާ ފެށުމެއްގެ ގޮތުގައި ކުރިއަށްދާންވީ ވަގުތު: ރާފިޢު

Minister Rafiu
TTH_Ads
STO_Ads
Advertisement

މިއަދު އޮތް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 62 ވޯޓުގެ ތަފާތަކުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިޔަސް، ޕާޓީން ކުރި މަސައްކަތުން ކުރިމަގުގައި މަސައްކަތް ރާވާލަންވީ ގޮތް އެނގި، ރާސްތާ ފެނިގެން ހިނގައްޖެ ކަމަށް ބައި-އިލެކްޝަނުގެ ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ކުޅިވަރު ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރާފިޢު މިފަދައިން ވިދާޅުވީ މިއަދުގެ އިންތިޚާބުގެ ނަތީޖާއަށް ފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގައި އާއްމުކޮށްފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ސޯދިގު އެވެ. ސޯދިގަށް 51.15 އިންސައްތަ ލިބިވަޑައިގަތެވެ. އެއީ 1375 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ސަޢީދުއަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އެއީ 48.85 އިންސައްތައެވެ.

HajjCop_ads
MMA_Ads
Advertisement

ވަގުތީ ނަތީޖާ ދައްކާ ގޮތުން ސޯދިގަށް ކުރިލިބިވަޑައިގަތީ 62 ވޯޓުންނެވެ. ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ވޯޓުފޮށިން ޕީއެންސީ ވަނީ ކުރި ހޯދައިފައެވެ. ގޮނޑި ގެއްލުނީ މާލޭގެ އެއް ވޯޓިފޮށިން ނަތީޖާ ތަފާތުވުމުންނެވެ.

ރާފިޢު ވިދާޅުވީ ހިތަދޫގެ ވޯޓު ފޮށިތަކުން 34 ވޯޓު ކުރީގައި ޕީއެންސީ އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އޭގެން ދައްކުވައިދެނީ ހިތަދޫގައި ޕީއެންސީން ގިނަ މަސައްކަތްތަކެެއް ކުރެވުނުކަން ކަމަށް ވަޒީރު ވިދާޅުވިއެެވެ.

ކެމްޕޭން ތެރޭގައި ދާއިރާގެ ހިތަދޫ އުތުރު ދާއިރާގެ ކުރިއެރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް ރާފިޢު ވިދާޅުވިއެވެ.

“މި ކެމްޕޭނުގެ އަލީގައި އަޅުގަނޑުމެންގެ ޕާޓީގެ ކުރިއެރުމަށް، ރާސްތާ އަޅުގަނޑުމެންނަށް އިތުރަށް ފުޅާކުރެވި، އަޅުގަނޑުމެންގެ މަސައްކަތްތަކަށް ކުރިއެރުމެއް ލިބިގެންދާނެކަމަށް ވަރަށް ބޮޑަށް ފެނޭ. ސަބަބަކީ އަޅުގަނޑުމެންނަށް މަސައްކަތްތައް މި ކުރެވުނީ ވަރަށް ގިނަ ބައެއްގެ ކޯޑިނޭޝަންއާ އެކީގަ. އެހެންވީމަ މިއީ އަޅުގަނޑުމެން އާ ފެށުމެއްގެ ގޮތުގައި ދެކި މިހިސާބުން ދެން ކުރިއަށްދާންވީ ރާސްތާ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފެނިގެން އިރާދަކުރެއްވިއްޔާ އެމަގުން އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ ގޮތް، އެ މަގު އަޅުގަނޑުމެންނަށް މިހާރު މިވަނީ ކޮށިފަ” ރާފިޢު ވިދާޅުވިއެވެ.

ޕީއެންސީން މިދިޔަ އެއް މަސްތެރޭ ކުރި ބުރަ މަސައްކަތުގައި ރާފިޢު ވަނީ ކެމްޕޭން ޓީމުގެ ހުރިހާ އެންމެންނަށް ޝުކުރުއަދާކުރައްވައިފައެވެ. ކެމްޕޭންގެ ތެރެއިން ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި، އެއްވެސް ހަމަޖެހުމެއް ނެތި ވަރަށް ފޯރިއާއި ޖޯޝުގައި އިންތިޚާބު ނިންމާލެވުމަކީ ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުމެއް ލިިބިގެންދިޔަ ކަމެއްކަމުގައި ރާފިޢު ފާހަގަކުރެއްވިއެވެ.

ރާފިޢު ވިދާޅުވީ، ބައި އިލެކްޝަނުން ފާހަގަކުރެވުނު ކަންކަމަށް ބަލައި އަތޮޅުތެރެއާއި މާލެ ސަރަޙައްދުގައިވެސް ކުރަންޖެހޭ ކަންކަން ފުޅާކުރަމުންގެންދަވާނެ ކަމަށެވެ.

އާންމުންނަށް ސަރުކާރުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަމުގައި ކުރިއަށްދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށާއި، ޕާޓީގެ ސަފުތައް ރުކުވާލައި ބަދަހިކަމާއެކު ގުޅިގެން ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރާފިޢު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

pnc office

ހިތަދޫ އުތުރު ދާއިރާ: ކޮންގްރެސް ޕާޓީގެ ޕްރައިމަރީ މި މަހު 25 ގައި

Screenshot 2026 04 14

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި

ދެއްވަދޫން ކޮންގްރެސް ކެންޑިޑޭޓުން ބޮޑުކޮށް ކުރި ހޯދާ ދެވަނަ ދައުރެއް ކަށަވަރު ކޮށްފި

ތ. ގުރައިދޫ 10 ގޮނޑިވެސް ކޮންގްރެސްއަށް