ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް: ޕީއެންސީ

PNC leadership
TTH_Ads
STO_Ads
Advertisement

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކޮންގްރެސް ޕާޓީން އެކަން ހާމަކުރީ މަތީ މަޖިލީހުގެ ބައްދަލްވުމުގައި ވޯޓްގެ ކަންކަން ގެންދާނެ ގޮތާ ގުޅޭ ގޮތުން ބައެއް މީޑިޔާއިން ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހާއި، ގައުމީ މަޖިލީހާއި، ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާނެ ގޮތާއި، އެ ގުނަވަންތަކުގައި ކަންކަން ނިންމާނެ ގޮތްތައް ވަރަށް ތަފުސީލުކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ކޮންގްރެސް ޕާޓީގެ އަސާސީ ޤަވާޢިދަކީ ޕާޓީގެ ވެބްސައިޓުގައ ޝާއިއުކޮށް، ޕާޓީގެ އާއްމު މެންބަރުންނާއި، ނޫސްވެރިންނާއި، އާއްމު ރައްޔިތުންނަށް ފެންނަ ގޮތަށް އޮންނަ ލިޔުމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް ޕާޓީގެ އަސާސީ ޤަވާއިދުގެ ޗެޕްޓަރ-7 ގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ.

ޕާޓީގެ އަސާސީ ޤަވާޢިދުގެ 69 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ މަަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ.

އެހެންކަމުން ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބުރައީސުންނާއި، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ހާމަ ވޯޓު ނެގުމަކީ  ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ހިންގާ ކަމެއް ނޫން ކަމަަށް ވަނީ ބުނެފަ އެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި އަތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ކަންކަން ވިލެރެސްކުރާ ކޮމިޓީން ނިންމިކަމަށް ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާ އެއީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވާކަމެއްކަަން ވަނީ ބުނެފަ އެވެ.

މަތީ މަޖިލީހުގައި ވޯޓު ނެގުމުގައި ޢަމަލުކުރާނީ ޕާޓީގެ އަސާސީ ޤަވާޢިދު ބަޔާންްކުރާ ގޮތަށް، މިހާތަނަށް އެ ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ޢަމަަލުކުރަމުން އައިސްފައިވާ ގޮތަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ކޮންގްރެސް ޕާޓީގެ އެތެރޭގެ ހިންގުމާ ގުޅޭ ހުރިހާ ކަމެއް ހިންގަމުންދާނީ ޕާޓީގެ މަތީ މަޖިލީހުން ފާސްކޮށް، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައި އޮތް މި ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް، މިނިވަން ޑިމޮކްރެޓިކް ޕާޓީތަކުގައި އަމަލުކުރާ އުސޫލުތަކުގެ އިންތަކުގެ ތެރޭގައި ދެފުށްފެންނާނެ ގޮތަށް ކަމުގެ ޔަޤީންކަން މެންބަރުންނަށް ދީފަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ޕީއެންސީގެ ނައިބު ރައީސްކަމުގެ ރޭހަށް މިނިސްޓަރު ޝިޔާމް ނުކުންނަވައިފި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް

pnc

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ އޮފިޝަލުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި