ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫ އުތުރަކީ 2028ގައި ޕީއެންސީގެ ކިއްލާއަކަށްވާނެ: ފަލާހު

mp Falah
TTH_Ads
STO_Ads
Advertisement

މިއަދު ބޭއްވި އައްޑޫ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާއެކު އެ ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ ނިމިއްޖެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ހަނި ތަފާތަކުން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެ މޮޅުވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ އަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީން ވާދަކުރެއްވި އަހުމަދު ސައީދު 1،313 ވޯޓު ހޯއްދެވި އެވެ.

HajjCop_ads
MMA_Ads
Advertisement

ފަލާހު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން، އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދާއި ފައްޔާޒު އިސްމާއީލް އާއި އަބުދުﷲ ޝާހިދު، އާދަމް އާޒިމް އަދި މުޅި އުމުރުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރި އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާއިއެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނެއުޅުނު ކުރީގެ ރައީސް ޔާމީން ތާއީދުކޮށްގެން ވެސް, މިއަދު އޮތް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި ކަމަށެވެ.

“އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!” ފަލާހު

ފަލާހު ވިދާޅުވީ މިއަދު ބޭއްވުނު އިންތިހާބުގައި ބެހެއްޓި ހަތް ވޯޓް ފޮށީގެ ތެރެއިން ހަތަރު ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް ކަމަށެވެ. އަދި އެއީ ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

2028 ވަނަ އަހަރު އައްޑޫ އަކީ ސަރުކާރުގެ ކިއްލާއަކަށް ވެގެންދާނެ: އަބްދުއްރަހީމް

އައްޑޫއަށްް ކަދުރު ރުކެއް 6،000 ރުފިޔާއަށްވުރެ ބޮޑު އަގުގައި ގަތީ ޕްލޭނެއް ނެތި

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފި

MP Saleem

މަޖިލީހުގެ ނައިބުރައީސްކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ނަން ހުށަހަޅައިފި