ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނުގެ ދާޚިލީ ވަޒީރު ތެހެރާނަށް ވަޑައިގެންނެވީ “މުހިންމު” މެސެޖަކާއިގެން، މިއީ ފަހު ފުރުސަތަށްވެސް ވެދާނެ

ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ (ވ)، ތެހެރާނުގައި އީރާނުގެ ދާޚިލީ ވަޒީރު އިސްކަންދަރު މުމޭނީއާ ބައްދަލުކުރައްވަނީ:
STO_Ads
TTH_Ads
Advertisement

ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ މިވަގުތު ހުންނެވީ އީރާނުގެ ވެރިރަށް ތެހެރާނުގައެވެ.

ތެހެރާނަށް ވަޑައިގެން ޕާކިސްތާނުގެ ދާޚިލީ ވަޒީރު ވިދާޅުވީ، އޭނާ ތެހެރާނަށް ވަޑައިގެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ޕާކިސްތާނު އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރުގެ ވަރަށް ޚާއްސަ މެސެޖެއް، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީއަށް ރައްދު ކުރެއްވުމަށް ކަމަށެވެ.

އެއީ، ކޮން މެސެޖެއްކަމެއް ޕާކިސްތާނުގެ ދާޚީލީ ވަޒީރު ސީދާ ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ، އެއީ މިހާރުގެ ހާލަތާ ގުޅޭ މެސެޖެއް ކަމަށެވެ.

HajjCop_ads
Advertisement

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ދެކެވޭ ވާހަކަތަކާއި އަދި މެސެޖްތައް ބަދަލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދަނީ ޕާކިސްތާނުންނެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ ތެހެރާނަށް ވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ އީރާނުގެ ދާޚީލީ ވަޒީރު އިސްކަންދަރު މުމޭނީއާއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާވެސް މުހްސިން ނަގްވީ ވަނީ ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވާފައެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރައްވާނީ މިއަދުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.

އަދި ޕާކިސްތާނުގެ ދާޚީލީ ވަޒީރު ގެންނެވި މެސެޖަކީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެންމެ ފަހު ފުރުސަތަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ބުނެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު މި ހަފްތާގައި އެއްބަސްވުމެއް ހެދޭނޭ ކަމަށެވެ.

އެމެރިކާއާ ވާހަކަ ދެއްކުމުގައި އީރާނުގެ ފަރާތުން އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އަދި އެހެން ބޭފުޅުން އުޅުއްވި ނަމަވެސް، އެންމެ ފަހުބަސް ވިދާޅުވާ ބޭފުޅަކީ ރޫހީ ލީޑަރެވެ. ޕާކިސްތާނުން މިހާރު މުއާމަލާތް ކުރަމުންގެންދަނީ ސީދާ މުޖުތަބާ ޚާމަނާއީއާއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމަ ރަސްމީކޮށް ނިންމުމަށްޓަކައި އެމެރިކާއިން ގެންދަނީ އީރާނާއެކު އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ދެފަރާތުން ނުކުތާތަކެއް ހުށަހަޅައި ވާހަކަ ދައްކަމުން ގެންދިޔަ ނަމަވެސް، އެއްގަލަކަށް ނޭރޭ ބޮޑެތި މައްސަލަތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، އީރާނުގައި ފައްކާކޮށްފައި ހުރި ޔޫރޭނިއަމްއާއި، ހޮރްމޫޒު ކަނޑުއޮޅީގެ މައްސަލައާއި، އެމެރިކާގެ ބްލޮކޭޑާއި، އެމެރިކާއިން ގަނޑުކޮށްފައިހުރި އީރާނުގެ ފަންޑުތައް ދޫކޮށްލުމާއި، އީރާނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަވެސް ހިމެނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު: އީރާން

މެސެޖްގެ ޒަރީއާއިން އީރާނާއި އެމެރިކާ ވާހަކަ ދައްކަނީ، އެމެރިކާއިން ރޭގައި އީރާނަށް ހަމަލާނުދޭ

އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ބުނެފި

ސައުދީ އިތުރު އުޅަނދަކަށް ހަމަލާދީފިނަމަ އީރާނާއި ހޫޘީންނަށްވެސް އަސްކަރީ ހަރުކަށި އަދަބުދޭނަން: ޓްރަމްޕް