ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުލްހައިގެ މަގަށް އެނބުރި އައުމަށް ޕާކިސްތާނުން އީރާނަށާއި، އެމެރިކާއަށް ގޮވާލައިފި

އެމެރިކާއިން އީރާނަށް ރޭގައި ދިން ހަމަލާތަކުގެ މަންޒަރެއް:
STO_Ads
TTH_Ads
Advertisement

ހަމަލާތައް ހުއްޓާލައި ދެފަރާތް ސުލްހައިގެ މަގަށް އެނބުރި އައުމަށް ޕާކިސްތާނުން އީރާނަށާއި، އެމެރިކާއަށް ގޮވާލައިފިއެވެ.

ޕާކިސްތާނަކީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫ ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމެވެ.

ޕާކިސްތާނު ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި އެމެރިކާއާއި އީރާނަށްވެސް ގޮވާލާފައިވަނީ އެމްއޯޔޫގައި އެއްބަސްވެފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށެވެ. ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ގެއްލުންވެދާނޭ އެއްވެސް ކަމެއް ދެފަރާތުންވެސް ނުކުރުމަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި، އަދި ޕާކިސްތާނު މެދުވެރިވެގެން ހެދި އެމްއޯޔޫ ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

އަދި އީރާނަށް އަލުން މިރޭ ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށްވެސް އެމެރިކާގެ ރައީސް އިންޒާރު ކޮށްފައި ވެއެވެ.

އެމެރިކާ ސިފައިން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުންވެސް ވަނީ، ކުވައިތު އަދި ބަހްރެއިންގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އީރާނުން ބުނެފައިވަނީ، އެމެރިކާއިން އީރާނަށް އަލުން ހަމާލާ ދީފިނަމަ ހޮރްމޫޒު ކަނޑުއޮޅި މުޅީން ބަންދުކޮށް އަދި ބާބުލް މަންދަބުވެސް ބަންދުކުރާނޭ ކަމަށެވެ.

މީގެއިތުރުން، އެމެރިކާއާއެކު ބާއްވަމުން އައި ވާހަކަތައް އީރާނުން ސަސްޕެންޑް ކޮށްފިކަމުގެ ރިޕޯޓްތަކެއް ފެތުރެމުންދާއިރު، އެކަމާ ގުޅޭގޮތުން އީރާނު ސަރުކާރުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މަޝްވަރާގެ ދޮރު ބަންދު ނުވާ ކަމަށެވެ.

އެމެރިކާއިން އުޅެނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒުގެ ކޮންޓްރޯލް ނެގުމަށެވެ. ނަމަވެސް އީރާނުން ބުނަނީ އެ ފުރުސަތު އެމެރިކާއަށް ނުދޭނޭ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާގެ ވެރިންނާއި، އަދި އީރާނު ސަރުކާރުގެ ވެރިންވެސް ގެންދަވަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އީރާނަށް ލިބިގެންވާ ފުރިހަމަ ބާރުގެ ބޭނުންކޮށްގެން ރައްދު ދޭނޭ ކަމަށް އިންޒާރު ދެމުންނެވެ.

އީރާނުން އެމެރިކާއާ ދެކޮޅަށް މީގެކުރިން ބޭނުން ނުކުރާ އެތައް ވަސީލަތެއްގެ ބޭނުން ހިފާނޭ ކަމަށްވެސް އީރާނުން އިންޒާރު ދެމުން އެބަ ގެންދެއެވެ.

މުހައްލިލުން ވިދާޅުވަނީ، އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާއިން އީރާނަށް މިރޭ އިތުރު ހަމަލާތަކެއް ދޭނޭ ކަމަށް ނުބެލެވޭ ކަމަށެވެ.

އިތުރު ކުރިމަތިލުމަކަށް ނުދިއުމަށް އދއާއި، ދުނިޔޭގެ އެކި ގައުމުތަކުން ގެންދަނީ އެމެރިކާއާއި އީރާނަށްވެސް އިލްތިމާސް ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުންތައް ނިމުނީ، އީރާނަށް މިރޭވެސް ހަމަލާދޭނަން: އެމެރިކާގެ ރައީސް

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އޭނާގެ ހަށިކޮޅު ޢިރާޤުގެ ނަޖަފަށް ގެންގޮސްފި

އީރާނުގެ ސިރިކް ބަނދަރުގެ މަންޒަރެއް

ކުއްލި: އެމެރިކާ ސިފައިން އީރާނުގެ ދެކުނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

ތުރުކީ-އެމެރިކާގެ ގުޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފި