ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2028 ވަނަ އަހަރު އައްޑޫ އަކީ ސަރުކާރުގެ ކިއްލާއަކަށް ވެގެންދާނެ: އަބްދުއްރަހީމް

43
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރި ނަމަވެސް، ޕީއެންސީއަށް ލިބުނު ވޯޓުގެ ނިސްބަތަށް ބަލައި 2028 ވަނަ އަހަރު އައްޑޫ ސިޓީއަކީ ސަރުކާރުގެ ކިއްލާއަކަށް ވެގެންދާނެކަމަށް ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު ކާމިޔާބުކުރެއްވީ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. މި ނަތީޖާއާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ނަތީޖާއިން ލިބުނު ހިތްވަރާއެކު 2028 ވަނަ އަހަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު އިންތިޚާބު ކާމިޔާބުކުރަން އަމާޒު ހިފާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ފާހަގަކުރެއްވި ގޮތުގައި، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއްކަމަށް ކުރަމުން އައި ދަޢުވާ މި އިންތިޚާބާއެކު ވަނީ ނިމުމަކަށް އައިސްފައެވެ. އެމްޑީޕީގެ މުޅި ލީޑަޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކުވެސް، އިންތިޚާބުގައި ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯދުމަކީ، އައްޑޫ ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު ހާމަވާ ކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ބައި-އިލެކްޝަނުގެ ކާމިޔާބީއާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ. ނަމަވެސް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕީއެންސީއަތުގައެވެ. އެ ޕާޓީއަށް ނިސްބަތްވާ 74 މެންބަރުން މިހާރުވެސް މަޖިލީހުގައި ތިއްބަވައެވެ. މި ނަތީޖާއިން ދައްކުވައިދެނީ އައްޑޫ ސިޓީގެ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 178953707520OUJw

ނިމާލާއި އަސްމާ ކަޓައި، ޕީއެންސީއަށް 6 ނައިބު ރައީސުން އިންތިޚާބުކޮށްފި

ރައްޔިތުން ބޭނުންވާ އަމާންކަމާއި ފާގަތިކަމަށް، ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ: އަބްދުއްރަހީމް

pnc

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބައެއް ތިބޭނެ ބައިބައިނުވެ ދާންވީ ކުރިއަށް: ރައީސް

DSC

2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ފަސޭހަކަމާއެކު ކާމިޔާބުކޮށްދިނުމަކީ އަމާޒެއް: އަބްދުއްރަހީމް