ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައްސަލައެއް ދިމާނުވާނަމަ ވޯޓު ފޮށިތައް ގަޑިއަށް ބަންދުކުރާނެ: އިލެކްޝަންސް

Election
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު
STO_Ads
TTH_Ads
Advertisement

މައްސަލައެއް ދިމާނުވެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނަމަ ގަޑިއަށް ވޯޓުފޮށިތައް ބަންދު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ވިދާޅުވީ ބައި އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާން ކަމާއެކު ކުރިއަށްދާ ކަމަށެވެ.

“އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުން އިންތިޚާބު ބޭއްވެނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށްވާތީވެ، ހާއްސަކޮށް އަޅުގަނޑުމެންގެ ކޮންޓްރޯލް ނެތް ކަމެއް ނުވަތަ ކާރިސާއެއް ނުހިނގާނަމަ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާއި ހަމައަށް. ކޮމިޝަންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބޭފުޅުން ހެނދުނު ވަގުތު ވަޑައިގެން ވޯޓުލައްވާ ޤާނޫނީ ޒިންމާ އަދާކުރެއްވުން ” އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ލިއުމެއް ގެންދެވޭކަން ޔަޤީން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑު، ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެވެ. މި ލިއުންތައް ގެންދާއިރު މުއްދަތު ހަމަވެފައިވާނަމަ ވޯޓުލުމުގެ ފުރުސަތު ނުލިބުން އެކަށީގެންވާކަމަށް އެކޮމިޝަނުން ފާހަގަކުރައްވައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ކުރިއަށްދާއިރު ކެމްޕެއިން ކުރުން މަނާ ގަޑިތަކަށް ސަމާލުވެ، އިންތިޚާބުގެ ވަގުތު ކެމްޕެއިންގެ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤާނޫނުގެ ތެރެއިން ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވާއިރު އެ ފަރާތްތަކަށް ޒިންމާ އަދާކުރުމަށް ދަތިނުވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްވެސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ. އަދި އެހެން އިންތިޚާބުތަކާއި އެއްގޮތަށް ވޯޓުގެ ނަތީޖާ ރައްޔިތުންގެ ވޯޓުލީ ގޮތަށް ގެނެސްދޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

އަހަރީ ރިޕޯޓް ހުށަނާޅާ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

Shakeel elections

އީސީގެ ރައީސަކަށް ޝަކީލް އައްޔަން މަޖިލީހަށް ފޮނުއްވައިފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލު ޢައްޔަންކުރައްވައިފި