ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރީ ރިޕޯޓް ހުށަނާޅާ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި

Ew
TTH_Ads
STO_Ads
Advertisement

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަށް ރިޕޯޓް ހުށަހަޅާފައި ނުވާތީ ޖޫރިމަނާކޮށްފައިވަނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރިޕޯޓް ހުށަހަޅާފައިވަނީ މުއްދަތު ހަމަވި ފަހުން ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހެއެވެ. މި އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓް ހުށަހަޅާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި ޖުމްހޫރީ ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓުންނެވެ.

HajjCop_ads
Advertisement

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 50,000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ. މި ފައިސާ ޖޫރިމަނާކުރާކަން އަންގާތާ މަސްދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. އަދި ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޕާޓީއަށް ދޫކުރާ ފައިސާއިން އެ އަދަދު އުނިކުރެވޭނެއެވެ.

މީގެ އިތުރުން، ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓުތަކާ މެދު އޮޑިޓާ ޖެނެރަލް ދެކޭގޮތް، ރިޕޯޓް ހުށަހަޅާތާ އެއް މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

Shakeel elections

އީސީގެ ރައީސަކަށް ޝަކީލް އައްޔަން މަޖިލީހަށް ފޮނުއްވައިފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލު ޢައްޔަންކުރައްވައިފި

Shakeel elections

ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ ފުރުސަތު ހޯދައިދޭނަން: ޝަކީލް