ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަމަށް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލްއެއް ތަޢާރަފްކުރަނީ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ފަތުރުވެރިކަމުގެ ދާއިރާގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލެއް ތައާރަފްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިހާރު ވަނީ، “ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް” ތަޢާރަފް ކުރުމަށް އެ ވުޒާރާއާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، އެ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބ އަތޮޅުގެ ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕައިލެޓް ޕްރޮގްރާމަކީ އަންހެނުންނާއި ޒުވާނުންނާއި، އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ، އާއިލާތަކަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރާ މަޝްރޫޢެއް ކަމަށެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، މި މަސައްކަތުގެ އަސާސަކީ ފަތުރުވެރިކަން ފުޅާކުރުމުގައި ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކާއި، ޝުއޫރުތަކަށް ރިއާޔަތްކުރުން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ މެޕިންގގެ މަސައްކަތްތައް ކަމަށެވެ. އަދި މިއީ މުސްތަޢުބަލުގައި ކުރިއަށްދާނެ ކެޕޭސިޓީ ބިލްޑިންގއާއި އުފެއްދުންތެރިކަމުގެ މަރުހަލާތަކަށް އެޅޭ ބިންގަލެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި ފަހުމުނާމާއަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައި ރަށުގެ ފަރުދުންނަކީ އެންމެ މުހިންމު އެއް ބައިވެރިން ކަމުގައި ހަދައި، މުޖުތަމަޢުތަކަށް ފައިދާކުރަނިވި ފަތުރުވެރިކަމުގެ އައު މޮޑެލްއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

resort

ނުނިމިހުރި 168 ރިސޯޓު ނިންމުމަށް ފަހިވާނެ ގޮތަށް ގަވާއިދެއް އެކުލަވާލައިފި

Images

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ

tourists

މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 22.1 އިންސައްތަ ގެސްޓްހައުސްތަކަށް

resorts

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި