ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮލޮމްބޯ ޕޯޓުން މާލޭ ބަނދަރަށް ކޮންޓޭނަރު ގެނައުމަށް ދިމާވި ދަތިތަތައް ހައްލުކޮށްފި

mpl
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސްރީ ލަންކާގެ ކޮލޮމްބޯ ޕޯޓުން މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު ގެނައުމުގައި ދިމާވި ދަތިތައް މިހާރު ހައްލުވެއްޖެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ކޮލޮމްބޯ ބަނދަރުގައި މުދާ ތާށިވާން މެދުވެރިވީ ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ އަދަދު އިތުރުވުމާއި، ބޯޓުފަހަރުން ގެންނަ ކޮންޓޭނަރުގެ އަދަދު އާދަޔާ ހިލާފަށް ގިނަވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް ބާރުބޮޑުވެ، މުދާ ބޭލުމަށް ގިނަ ވަގުތުތަކެއް ހޭދަވެއެވެ.

އެމްޕީއެލުން ރޭ ބުނީ އެ ކުންފުނީގެ އޮޕަރޭޝަނަލް ޓީމުތަކުން ކުރި ހާއްސަ މަސައްކަތުން، އޭޕްރީލް މަހުން ފެށިގެން ނުގެނެވި ހުރި 4,000 އަށް ވުރެ ގިނަ ޓީއީޔޫ މިހާރު ވަނީ ރާއްޖެ ގެނެސް ހުސްކޮށްފައި ކަމަށެވެ. އެމްޕީއެލުން ބުނީ މިހާރު މާލެއާއި ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ބޯޓުފަހަރު އޮޕަރޭޓް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް “ނޯމަލް ޝެޑިއުލް” ގައި ކަމަށެވެ.

HajjCop_ads
Advertisement

މާލެ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނީ މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް ނިމުމުން ކަމަށާއި، އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޕީއެލުން ބުންޏެވެ.

މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ 100 މީޓަރުގެ ކީވޯލް ހެދުމުގެ މަސައްކަތް މިހާރުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ.

މިއަންނަ އޮކްޓޯބަރު މަހަށް ނިންމުމަށް އަމާޒު ހިފާފައިވާ އެ މަޝްރޫއުގެ ދަށުން، ތިލަފުށީގެ އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއާ ކުރުމުގެ ހިދުމަތް ދޭން ފަށާނެއެވެ.

އަދި އެ ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ “ސާވިސް ކީ” އެއްގެ ގޮތުގައެވެ

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ