ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމް.ޕީ.އެލް ނޯތު ހާބަރުގެ ލޮޓުތައް ގުދަންކުރުމަށް ކުއްޔަށް ދޫކުރަނީ

mpl
STO_Ads
Maldivian_Ads
TTH_Ads
Advertisement

އެމް.ޕީ.އެލް މާލެ ނޯތު ހާބަރުގައި އިމާރާތްކޮށްފައިވާ ހަ ލޮޓެއް ގުދަންކުރުމުގެ ބޭނުމަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިޢުލާންކޮށްފިއެވެ.

ކުއްޔަށް ދޫކުރަނީ ލޮޓު ނަންބަރު 12، 13، 14، 15، 16 އަދި 17 އެވެ. ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ ވަކި ލޮޓަކަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓުތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

ބިޑުގައި ރަޖިސްޓާވުމުގެ ސުންގަޑިއަކީ 11 ޖޫން 2026 ވަނަ ދުވަހުގެ 11:00 އެވެ. ބިޑުގައި ރަޖިސްޓާ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ބިޑާ ގުޅޭ ޕްރީ-ބިޑް ސެޝަން އެ ދުވަހުގެ 11:00 ގައި އެމް.ޕީ.އެލް ހެޑް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިތުރު ސުވާލެއް ވާ ނަމަ 11 ޖޫންގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

HajjCop_ads
Advertisement

އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 14 ޖޫން 2026 ވަނަ ދުވަހުގެ 11:00 އެވެ. އެ ގަޑިއަށް އެމް.ޕީ.އެލް ހެޑް އޮފީހަށް ވަޑައިގެން އަގު ހުށަހަޅަންޖެހެއެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3039256 އަށް ގުޅޭނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ