ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީ ޢަރަބިއްޔާގެ ޤައުމީ އެއާލައިން ސައުދިއާއަށް ފުރަތަމަ އޭ321އެކްސްއެލްއާރު ލިބިއްޖެ

TTH_Ads
STO_Ads
Advertisement

މެދުއިރުމައްޗާއި އެފްރިކާ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް އެއާބަސް އޭ321އެކްސްއެލްއާރު އޮޕަރޭޓްކުރާ އެއާލައިނަށް ވެ، ސައުދީ ޢަރަބިއްޔާގެ ޤައުމީ އެއާލައިން ސައުދިއާއިން އެ މަރުކާގެ ފުރަތަމަ ބޯޓު ތޫލޫޒުން ރިސީވްކޮށްފިއެވެ.

މި ބޯޓަކީ 8،700 ކިލޯމީޓަރާ ހަމައަށް ދުއްވޭ، ނުވަ ގަޑިއިރުގެ ދަތުރުތައް ކުރެވޭ ނެރޯ-ބޮޑީ މަރުކާގެ ބޯޓެކެވެ. މި ބޯޓުގެ ސަބަބުން ސައުދިއާއަށް ދިގު ބައިނަލްއަޤުވާމީ ރޫޓްތަކުގައި ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. މިއީ ސައުދިއާގެ ފްލީޓް ފުޅާކުރުމުގެ ސްޓްރެޓެޖީގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް ބުންޏެވެ.

މި ބޯޓަކީ “ދަ ނިއު ސައުދިއާ އެކްސްޕީރިއެންސް” ގެ މައިގަނޑު ސިފަތައް ހިމެނޭ ފުރަތަމަ ބޯޓެވެ. ބިޒްނަސް ކްލާހުގައި 24 ސޫޓް ހިމެނޭ އިރު، ގެސްޓް ކްލާހުގައި 120 ސީޓް ހިމެނެއެވެ. ގެސްޓް ކްލާހުގެ ސީޓްތަކުގައި 13 އިންޗީގެ އެންޓަޓެއިންމަންޓް ސްކްރީނާއި ޗާޖިން ޕޯޓް ހުރެއެވެ. ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް ސައުދީ އަދި ބައިނަލްއަޤުވާމީ ކެއުންތައް ހިމެނޭ އިންފްލައިޓް ޝެފް ޚިދުމަތް ވެސް ލިބޭނެއެވެ. އަދި ހައި-ސްޕީޑް އިންޓަނެޓް ކަނެކްޓިވިޓީ ވެސް ބޯޓުން ލިބޭނެއެވެ.

HajjCop_ads
MMA_Ads
Advertisement

ސައުދިއާ ގުރޫޕުގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް އަލް-ޢުމަރު ވިދާޅުވީ “ދަ ޑެލިވަރީ އޮފް ދަ އޭ321އެކްސްއެލްއާރު ރިފްލެކްޓްސް ދަ މޮމެންޓަމް އޮފް ސައުދިއާސް އޮންގޯއިން ޓްރާންސްފޮމޭޝަން” ކަމަށެވެ. “ފްލީޓް ބޮޑުކުރުމުގައި ހަމައެކަނި ކެޕޭސިޓީ އިތުރުކުރުމެއް ނޫން، ސައުދިއާގެ ވާދަވެރިކަން ވަރުގަދަކޮށް ސައުދީ ޢަރަބިއްޔާގެ އޭވިއޭޝަން ލަނޑުދަނޑިތަކަށް އެއްބާރުލުންދޭ ބޯޓުތަކާއި ޕްރޮޑަކްޓްތަކާއި ޤާބިލުކަންތަކަށް އިންވެސްޓްކުރުމަށް ވެސް އަމާޒުހިފާފައިވާ” ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދިއާއިން 2027 ވަނަ އަހަރާ ހަމައަށް 15 އޭ321އެކްސްއެލްއާރު ބޯޓު ފްލީޓަށް އިތުރުކުރުމަށް ރާވާފައިވެއެވެ. މީގެ އިތުރުން، 105 ބޯޓު ގަތުމަށް އެއާބަސްއާ އެކު އެއްބަސްވުމެއް ހެދިފައިވާ ކަމަށް ސައުދިއާއިން ބުންޏެވެ. މި ފުޅާކުރުމަކީ އޭއެފްސީ އޭޝިއަން ކަޕް 2027، އެކްސްޕޯ 2030 އަދި 2034 ފީފާ ވޯލްޑް ކަޕް ފަދަ ބޮޑެތި ބައިނަލްއަޤުވާމީ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ސައުދީ ވިޝަން 2030 އާ ގުޅިގެން ކުރާ ކަމެކެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު