ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ ކައުންސިލުން އުސޫލާ ޚިލާފަށް ބޭރަށް ކުރި ދަތުރުތަކަށް 1.2 މިލިޔަން ރުފިޔާ ޚަަރަދުކުރި: އޮޑިޓް

572775890 1240685271438106 2267383007224358556 n 1024x683
TTH_Ads
STO_Ads
Advertisement

އައްޑޫ ސިޓީ ކައުންސިލުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު، ސަރުކާރުގެ ސަރކިއުލާއާއި ޚިލާފަށް ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް 1.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ސިޓީ ކައުންސިލްގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ  އެ ކައުންސިލްގެ މާލީ ބަޔާންތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓް އާންމުކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައިވާގޮތުގައި އައްޑޫ ސިޓީޯ ކައުންސިލްގެ މާލީ ހިސާބުތައް މައިގަނޑު ގޮތެއްގައި ސައްހައެވެ. ނަމަވެސް ކައުންސިލްގެ ހިންގުމުގައި ޕްރޮކިއުމަންޓް ދެފުށް ފެންނަ ގޮތަށް ކުރިއަށް ނުގެންދިއުމާއި އެއްބަސްވުންތައް މޮނިޓާ ނުކުރުމާއި ކުލީ ބިންތަކުން ލިބެން ޖެހޭ ފައިސާ ނުހޯދުން އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށްވަނީ ފާހަގަކޮށްފައެވެ.

HajjCop_ads
MMA_Ads
Advertisement

ރިޕޯޓުގައި ވާގޮތުގައި 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރު: 10 ބައިވެރިން ހިމެނޭ އެ ދަތުރަށް ކައުންސިލްގެ ބަޖެޓުން 515,101ރ. ހަރަދުކޮށްފައިވޭ. މީގެ ތެރެއިން 65,381ރ. ހަރަދުކޮށްފައި ވަނީ ދަތުރުގެ މަގުސަދާ ގުޅުމެއް ނެތް އިވެންޓް މެނޭޖްމަންޓް ކޯހަކަށް. އަދި ދަތުރުން ހާސިލުވިކަންކަން ބޭނުންކުރާނެ ގޮތުގެ ތަފުސީލު ލިޔުމުން ބަލަހައްޓާފައެއް ނެތެވެ. އަދި 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރު: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދަތުރަށް 685,509ރ. ހަރަދުކޮށްފައިވާކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން ދަތުރުގެ ޓްރެއިނިންގައި ބައިވެރިނުވާ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް މެމްބަރެއްގެ ހުރުމާއި ދަތުރުގެ ހަރަދަށް 116,286ރ. ބަޖެޓުން ހޭދަކޮށްފައިވޭ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް ކޮށްފައިވާ ބޮޑެތި ހަރަދުތަކެއްކޮށްފައިވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެނިހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިތަދު އާއި މަރަދޫ އަދި ހުޅުމީދޫގައި މަސްޕްލާންޓް ގާއިމުކުރުމަށް 2020 ވަނަ އަހަރު ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިމި ހުޅުވިފައި ވަނީ ހަމައެކަނި ހިތަދޫ މަސްޕްލާންޓުކަމަށާއި، މަރަދު އާއި ހުޅުމީދޫ މަސްޕްލާންޓުގެ މަސައްކަތްތައް ނުނިމި ލަސްވެފައިވާކަމަށް ބުނެފައިވެއެވެ.

އަދި ޑިސެންބަރު 31، 2024 ގެ ނިޔަލަށް ކުލީ ބިންތަކުން ލިބެން ޖެހޭ 13.95 މިލިޔަން ރުފިޔާ އަދިވެސް ނުލިބޭކަމަށާއި، މީގެ ތެރެއިން 54 ބިމަކުން ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކައިގެން އަރާފައިވާ ބާކީ ފައިސާގެ ޖުމްލައަކީ 7.65 މިލިޔަން ރުފިޔާ. ކައުންސިލުން ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާތީ އޭހެ ސައްހަކަން ކަށަވަރުކުރެވެން ނެތްކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު 492,533ރ. ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮންޑިޝަނަލް ގްރާންޓުގެ ދަށުން 1.87 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކަދުރު ރުއްތައް ހޯދައި، މަރަދޫ އަވަށުގެ ލިންކުރޯޑުގެ ދުވާރުގެ ތާރުގަނޑު ކަނޑައިގެން 100 ރުއް އިންދާފައިވާކަމަށާއި، މީގެ ސަބަބުން ދުވާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ފަސްގަނޑު ދަމައިގޮސް، އެކަންކަން ރަނގަޅުކުރުމަށް ކައުންސިލުން އިތުރު ހަރަދުތައް ކުރަންޖެހުނުކަމަށްވެސް ބުނެފައިވެއެވެ.

މިއާއެކު ބިންތަކުން ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ރިކޯޑުތައް ރަނގަޅަށް ބަލަހައްޓައި، ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމާ އެކު، އާމްދަނީ ފައިސާ ލަސްނުކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން އޮޑިޓް ރިޕޯޓުގައި އައްޑޫ ސިޓީ ކައުންސިލަށް ވަނީ ލަފާދީފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ހދ، އަތޮޅު ކައުންސިލުން މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ދީފައިވާ ފައިސާ ހޯދަން އަންގައިފި

majilis

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ

Mal

ސައީދުގެ ޒައާމަތުގައި އޮޅުވާލައިގެން ބާ ޖަނެރޭޓަރުތަކެއް ގަނެ 17.4 މިލިއަންގެ ބޮޑު ޚިޔާނާތެއް!

1508998150

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް އޮޑިޓް އޮފީހުން އަންގައިފި