އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް އަންނަ އަހަރަށް އެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު පැއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރީ މާލިއްޔަތު ކޮމިޓީން އެ ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހައިގެންނެވެ. އެ ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.

މި ފާސްކުރި ބަޖެޓުގެ ތަފްސީލަށް ބަލާއިރު ރިކަރަންޓް ހަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 43.5 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފާ އެވެ.

އިޝްތިހާރު އިޝްތިހާރު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހަޅުއްވަމުން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ނިމެމުންދާ މިއަހަރަށް އޮޑިޓް އޮފީހަށް ކަނޑައެޅީ 134 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.