ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮޑިޓް އޮފީހުން ހުށައެޅިގޮތަށް އަންނަ އަހަރަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި

HUfWykRbYAAQuJt
TTH_Ads
Maldivian_Ads
STO_Ads
Advertisement

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ހުށަހެޅި ގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

އޮޑިޓް އޮފީހުން ކުރިއަށް އޮތް އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. މާލިއްޔަތު ކޮމިޓީއަށް އެ އޮފީހުން ހުށަހެޅި ޖުމްލަ 133،590،265 (އެއްސަތޭކަ ތިރީސް ތިން މިލިއަން، ފަސްސަތޭކަ ނުވަދިހަ ހާސް، ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާގެ ބަޖެޓުގެ ތަފްސީލަށް ބަލާއިރު:

  • ރިކަރަންޓް ޚަރަދު: 85.8 މިލިއަން ރުފިޔާ
  • ކެޕިޓަލް ޚަރަދު: 4.2 މިލިއަން ރުފިޔާ
  • ޕީއެސްއައިޕީ މަޝްރޫޢުތަކަށް: 43.5 މިލިއަން ރުފިޔާ

ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރު ޖުމްލަ 394 އޮޑިޓެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މިއަހަރު މަސައްކަތް ނުނިމި ހުރި އޮޑިޓްތައްވެސް ހިމެނެއެވެ.

HajjCop_ads
Advertisement

އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު އޮޑިޓްތަކުގެ ތެރޭގައި ހިމެނެނީ:

  • ދައުލަތުގެ މުއައްސަސާތަކުގެ 61 ފައިނޭންޝަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
  • ލޯކަލް ކައުންސިލްތަކުގެ 106 އޮޑިޓް
  • ދައުލަތުގެ ކުންފުނިތަކުގެ 40 އޮޑިޓް
  • ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
  • ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް
  • އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭ 7 އޮޑިޓް
  • ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓް އަދި ޕާފޯމަންސް 6 އޮޑިޓް
  • ޕަބްލިކް ފަންޑާއި ސްކީމްތަކުގެ 6 އޮޑިޓް
  • ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓް
  • މާލީ އިދާރާތަކުގެ 4 އޮޑިޓް އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީއާ ގުޅޭ 3 އޮޑިޓް
  • މި އަހަރު ނުނިމި ހުރި 120 އޮޑިޓް

މި އަހަރަށް މަޖިލީހުން އޮޑިޓް އޮފީހަށް ކަނޑައެޅީ 134.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން މިހާތަނަށް 56.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، އަހަރު ނިމޭއިރު ބޭނުން ނުކުރެވި ގާތްގަނޑަކަށް 31 މިލިއަން ރުފިޔާ ބާކީ ހުންނާނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ އެ ފައިސާވެސް ހިމަނައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީން ބަޖެޓު ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް ފާސްކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވި ހުށަހެޅުމަށް، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވޯޓު ދެއްވައިގެންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޑިޓް އޮފީހުން ހުށަހެޅި 133.5 މިލިއަންގެ ބަޖެޓް އެ އޮފީހަށް ދޭން ކޮމިޓީން ފާސްކޮށްފި

utheemu council

ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި

Nimaal

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ މުސާރައިގެ އިތުރަށް ދެ މުސާރަ ނަގާފައިވާ ކަމަށް އޮޑިޓުން ދައްކައިފި

428272 3 6c01990e9f08001943b53a01c7a388903536c627

އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައިި ދައުލަތަށް 439 މިލިއަން ރުފިޔާ