ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެލްކޯ އޮފް ދަ އިޔަރގެ ޝަރަފުވެރި އެވޯޑް ދިރާގަށް ލިބިއްޖެ

TTH_Ads
STO_Ads
Advertisement

ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުނު ‘ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026’ ގައި، ‘ޓެލްކޯ އޮފް ދަ އިޔަރ’ ގެ ޝަރަފުވެރި އެވޯޑް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން ހާސިލުކޮށްފިއެވެ.

މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ކަށަވަރުވެ، އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ހާމަވެގެންދިޔަ މުހިންމު ކާމިޔާބީއެކެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑަކީ، އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް އީޖާދީ އައު ކަންކަމާއި، މާލީ ކުރިއެރުމާއި، ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ. ދިރާގަށް މި އެވޯޑު ލިބުނީ ޑިޖިޓަލް އީޖާދުތަކާއި، ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

HajjCop_ads
MMA_Ads
Advertisement

މި ކާމިޔާބީއާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، މިއީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި، ކަސްޓަމަރުން ދިރާގަށް ކުރާ އިތުބާރުގެ ރަމްޒެއް ކަމަށެވެ. އަދި މިއީ ދިރާގު ޓީމުގެ މިންނަތް މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިސްމާއިލް ރަޝީދު އިތުރަށް ވިދާޅުވީ، “ވަކިން ހާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑު ދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއިއެކު މިއަދު މިވަނީ ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބަރ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި. ވީމާ މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް، އަދި އަޅުގަޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް.”

އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެކެވެ. ދިރާގުން އަންނަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުން ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއެކު “ޑިޖިޓަލް ރާއްޖެ” އެއް ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhiraagu

ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް

dhiraagu

ދިރާގުގެ ހިއްސާއަކަށް 8.70ރ ބަހަން ފާސްކޮށްފި

ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ޖޫން މަހު ހޮވާނެ

ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފި