ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މެއި މަހުގެ 24 ވަނަ ދުވަހު ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އެވެ.

އިޝްތިހާރު އިޝްތިހާރު

މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.