ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެއި މަހު މިފްކޯއަށް 1791 ޓަނުގެ މަސް ކިރުވާފައިވޭ

Mifco
STO_Ads
TTH_Ads
Advertisement

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް 693 ދޯންޏަކުން ވަނީ، 1791 ޓަނުގެ މަސް ކިރުވާފައެވެ. އަދި މިފްކޯއަށް ކިރުވާފައިވާ މަހަށް 31،081،853 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ މަހު މަސް ކިރުވި މިންވަރު ވަނީ، އެޕްރީލް މަހާއި އަޅާބަލާއިރު ދަށްވެފައެވެ. އެޕްރީލް މަހު 1068 ދޯންޏަކުން ކިރުވާފައިވަނީ، 4،414 ޓަނުގެ މަހެވެ.

މިފްކޯއަށް މަސް ކިރުވި މިންވަރު ދަށްވެފައިވާއިރު، މިދިޔަ މަހުގެ 10 ގައި ރާއްޖޭގެ ސަރަހައްދަށް ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު ޢީދު ބަންދާއި ދިމާވުމުން މެއި މަހު މަހަށް ނިކުތް ދޯނިފަހަރުގެ އަދަދު ވަނީ މަދުވެފައެވެ.

HajjCop_ads
Advertisement

މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި ކިރުވި މިންވަރު ހިމެނެއެވެ.

ކަޅުބިލަމަސް
* ކިރުވިމަސް: 1708.9 ޓަން
* ދޫކުރި ފައިސާ: 29،063،153 ރުފިޔާ
* ދޯނީގެ އަދަދު: 367

ކަންނެލި (10 ކިލޯއިން މަތި)
* ކިރުވި މަސް: 6.9 ޓަން
* ދޫކުރި ފައިސާ: 138،00 ރުފިޔާ
* ދޯނީގެ އަދަދު: 109

ކަންނެލި (15 ކިލޯއިން މަތި)
* ކިރުވި މަސް: 75.2 ޓަން
* ދޫކުރި ފައިސާގެ އަދަދު: 1،880،700 ރުފިޔާ
* ދޯނީގެ އަދަދު: 217

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

މަސްވެރިން ބާނާ މަހަށް މިހާރު ދަނީ، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ. އަދި މަސްވެރިންނަށް ޚާއްސަ އަގެއްގައި ދަނީ، ތެޔޮ ދޫކުރަމުންނެވެ. މިގޮތުން ރާއްޖޭގެ 9 ސަރަޙައްދަކުން މިހާރު ތެޔޮ ލިބޭނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ މަހުގެ 19 އާއި ހަމައަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ، ހަނގުރާމައާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތަށް ދަތިނުވާނެހެން ކަންކަން އިންތިޒާމު ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ހާލަތުގައި މަސްވެރިންނަށް ޤަވާއިދުން ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުޅުމާލޭގައި ތަރައްގީކުރާ ކަންނެލި ޕެކިން ފެކްޓަރީ 18 މަސްތެރޭގައި ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

Igmh

ކަނޑުއޮތްގިރީގައި އައިސް ޕްލާންޓަކާއި ހިކިމަސް ކާރުޚާނާއެއް ހުޅުވައިފި

mifco fishing masverin

މަސްކިރުވި 19 ދޯންޏަކަށް މިއަދުވެސް ދެ ލައްކަ ރުފިޔާ ދޫކޮށްފި

Sstv FORM FOR EC

ފ. ނިލަންދޫ މަސް ކާރުޚާނާގެ ބިން ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ