ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންގްލަދޭޝްގައި ދިވެހި މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

Nimaal
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބަންގްލަދޭޝްގައި ޚާއްސަ ހަރަކާތެއް އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބާއްވައިފިއެވެ.

ދަ ގްރޭޓް ޓޫނާ ގާލާ- ފްލެވަރސް ފްރޮމް ދަ ސަނީ ސައިޑްގެ ނަމުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި މި ހަރަކާތުގައި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި ކާބޯތަކެއްޗާއި ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ވަނީ ދައްކާލާފައެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރ އެމް ރަޝީދުއްޒަމާން މިއްލަތުއެވެ.

މި ހަރަކާތުގައި ބަންގްލަދޭޝްގެ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި އެ ޤައުމަށް އެކި ޤައުމުތަކުން ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ވިޔަފާރިވެރިންނާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ ހައި ކޮމިޝަނާއި ރާއްޖޭގެ މަގުބޫލު ޝެފް މާހާ ނަސީރު ގުޅިގެންނެވެ.

HajjCop_ads
Advertisement

މި ހަރަކާތުގެ ތެރެއިން ދިވެހި ކެއުންތަކުގައި ކަނޑުމަސް ބޭނުންކުރާ ގޮތް ލައިވް ސްޓޭޝަންތަކުގައި ދައްކާލާފައިވާ ކަމަށް ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވިދާޅުވިއެވެ. މީގެ ތެރޭގައި ރިހަ ފޮޅި ހަދާނެ ގޮތާއި މަސްހުންޏާއި ރޮށި ތައްޔާރުކުރާނެ ގޮތާއި މަސްބުރި ރިހަ އާއި ލޮނުމިރުސް ލައިގެން ޓޫނާ ސްޓޭކް ތައްޔާރުކުރާނެ ގޮތް ވަނީ ދައްކާލާފައެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ވަނީ ރާއްޖޭގެ އިގްތިސާދާއި މުޖުތަމަޢުތަކާއި ސަގާފަތުގައި މަސްވެރިކަމުގެ ދާއިރާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެގެ މަހުގެ ބާވަތްތައް ބަންގްލަދޭޝަށް ފުޅާކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްވެސް ސަފީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރ ވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ދެ ޤައުމު ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމާ ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަދެއްކެވިއެވެ.

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމަށް އެކި ޤައުމުތަކުގައި ސަރުކާރުން އަންނަނީ މިފަދަ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އެކި ޤައުމުތަކުގައި ބާއްވާ ރޯޑްޝޯތަކާއި ފެއާތަކުގައި ބައިވެރިވުމާއި ސަފާރާތައް މެދުވެރިކޮށް ހަރަކާތްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

މިދިޔަ މަހު ކިރުވި މަހަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ފުލުހުންނަށް ފަންނީ ތަމްރީނު ހޯދުމާ ގުޅޭގޮތުން ބަންގްލަދޭޝްއާއެކު މަޝްވަރާކޮށްފި

Shiyam

ރާއްޖެއިން އެކްސްޕޯޓްކުރާ މަސް މިހާރު ރިޖެކްޓް ނުވާނެ: ޝިޔާމް

Qw

ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި